Ads by Stelco

ޚަބަރު

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި އަހަރުގެ މިހާތަނަށް 997 މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަންތަކުގައި އަހަރުގެ މިހާތަނަށް 997 މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީ ނައްތާލަނީ/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

25 ޑިސެމްބަރު 2025، 12:24

25 ޑިސެމްބަރު 2025، 12:24

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގެ ތެރެއިން މިހާތަނަށް 997 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން މިފަދައިން ވިދާޅުވީ، ޑްރަގް އެންފޯސްމަންޓުން ކުރަމުންދާ މަސައްކަތްތަކާއި ތަޙުޤީގުކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ފުލުހުން ހިއްސާކުރެއްވި ތަފާސްހިސާބަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް މުޅި ރާއްޖޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގުނު އޮޕަރޭޝަންތަކުގެ ތެރެއިން، ގާތްގަނޑަކަށް 875 މިލިއަނަށް ވުރެ ގިނަ ދިވެހި ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ ވަނީ އަތުލައިގެންފައެވެ. ހަމަ އެހެންމެ، ރާއްޖޭގެ އެކި ހިސާބުތަކުގައި ޖުމުލަ 188 އޮޕަރޭޝަން މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާފައިވެއެވެ.

މީގެ އިތުރުން، މި މަސައްކަތްތަކުގެ ތެރެއިން 997 މީހުން ހައްޔަރުކޮށް، މަސްތުވާތަކެތި ބޭނުންކުރާ 11 ތަނެއް ބަންދުކޮށް އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ބަލައިފާސްކުރުމުގެ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި، 16،024 މީހުން ބަލައިފާސްކޮށްފައިވާއިރު، 137 ބިދޭސީއަކު ވަނީ ޑީޕޯޓްކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. އަދި ފަރުވާއަށް 301 މީހަކު ވަނީ އެންޑީއޭ އާ ހަވާލުކޮށްފައެވެ.

ފުލުހުން ވިދާޅުވީ، މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގުނު އޮޕަރޭޝަންތަކުގެ ނަތީޖާއެއްގެ ގޮތުން، ނާކޮޓިކްސް ޑިޓެންޝަން އޮތޯރިޓީގެ ދަށުން 301 މީހުން ރިހެބިލިޓޭޝަނަށް ފޮނުވުމަށް ރިމާންޑްކުރެވިފައިވެވާ ކަމަށެވެ. އަދި 137 ބިދޭސީން އެ މީހުންގެ ޤައުމަށް އަނބުރާ ފޮނުވައިލުމުގެ މަރުހަލާގައި އިމިގްރޭޝަނާ ހަވާލުކުރެވިފައިވާއިރު، މުޅި އަހަރުގެ ތެރޭގައި ޖުމުލަ 648 މައްސަލަ ތަހުގީގުކޮށް، މީގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ 335 މައްސަލަ ހިމެނޭކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ، "އޮޕަރޭޝަން އަލިމަގު" ފަދަ ޚާއްޞަ އިނިޝިއޭޓިވްތަކާއި، އަތޮޅުތެރޭގައި ރާވައިގެން ހިންގުނު އޮޕަރޭޝަންތަކުން މަސްތުވާތަކެތީގެ ނެޓްވޯކްތައް ނައްތާލުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަން މި ބައްދަލުވުމުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި މި އޮޕަރޭޝަންތަކުގެ ސަބަބުން ގިނަ ޢަދަދެއްގެ މީހުން ހައްޔަރުކުރެވި، އެކި އަތޮޅުތަކުން މަސްތުވާތަކެއްޗާއި ޤަވާއިދާ ޚިލާފު ބަނގުރާ ހިފެހެއްޓިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450