Ads by Stelco

ޚަބަރު

އެޗްޑީސީއާއި ސަލަފް ޖަމިއްޔާ ގުޅިގެން މާދަމާރޭ ހުޅުމާލޭގައި ހާއްސަ ދަރުހެއް ދެނީ

އެޗްޑީސީއާއި ސަލަފް ޖަމިއްޔާ ގުޅިގެން މާދަމާރޭ ހުޅުމާލޭގައި ހާއްސަ ދަރުހެއް ދެނީ

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި ބާއްވާ 'ފޭރާން' ދަރުސް ގެ ޕޯސްޓަރ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޑިސެމްބަރު 2025، 02:23

25 ޑިސެމްބަރު 2025، 02:23

ޖަމްޢިއްޔަތުއްސަލަފާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން މާދަމާރޭ ހުޅުމާލޭގައި އާންމުންނަށް ހާއްސަ ދަރުހެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި ބާއްވާ މި ދަރުސްގައި 'ފޭރާން' މި މައުޟޫއަށް ދަރުސް ދެއްވާނީ ޖަމްޢިއްޔަތުއްސަލަފްގެ ނައިބު ރައީސް އަދި ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އަޙްމަދު ސަމީރުއެވެ.

މި ހާއްސަ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ  ހުކުރު ދުވަހުގެރޭ، 08:30 ގައި، ހުޅުމާލޭގެ ރުއްގަނޑު 3 ސަރަހައްދުގައެވެ. ދަރުހުގެ މައިގަނޑު ބޭނުމަކީ އިސްލާމީ އަގީދާއާއި ޝަރީޢަތާ ގުޅުންހުރި ކަންކަމުގައި އާންމުން ހޭލުންތެރިކުރުވައި، ދީނީ ހިދުމަތްތައް ފުޅާކުރުމެވެ.

އާންމުންނަށް ހުޅުވާލައިގެން ބާއްވާ މި ދަރުހަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގެންދެވުމަކީ ޖަމްޢިއްޔަތުއްސަލަފާއި އެޗްޑީސީގެވެސް ވަރަށްބޮޑު އެދުމެކެވެ. މީގެ އިތުރުން، މި ދަރުސް 'ދާރިސް ޓީވީ' އިން ވަގުތުން ލައިވްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިއަހަރު ނިމުމާ ހަމައަށް އައި އިރު، ޖަމްޢިއްޔަތުއްސަލަފުން ވަނީ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު އެކިއެކި ހަރަކާތްތައް ހިންގާފައެވެ. އެފަދަ ހަރަކާތްތަކުގައި އެޗްޑީސީން އަބަދުވެސް އަންނަނީ އެ ޖަމިއްޔާއަށް އެއްބާރުލުން ދެމުންނެވެ. މި ދަރުހަކީވެސް އެ ދެފަރާތުގެ ގުޅިގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ބާއްވާ ހަރަކާތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450