ދުނިޔެ

ފިލިޕީންސްގައި ޖިންނި މޮޔަވާމީހުންގެ އަދަދު އިންތިހާއަށް އިތުރުވަނީ

ފިލިޕީންސްގައި ޖިންނި މޮޔަވާމީހުންގެ އަދަދު އިންތިހާއަށް އިތުރުވަނީ

ޖިންނި މޮޔަވާ މީހެއްގެ އަލާމާތްތައް ހުރި މީޙެއް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 ޑިސެމްބަރު 2025، 05:53

25 ޑިސެމްބަރު 2025، 05:53

ފިލިޕީންސްގައި ޖިންނި މޮޔަވާމީހުން ގިނަވަމުންދާ ކަމަށް ރިޕޯޓުތައް ބުނާ ދަނޑިވަޅެއްގައި، އޭޝިއާގެ ފުރަތަމަ ޖިންނި މޮޔަވާމީހުންގެ މަރުކަޒު މެނިލާގައި ހަދަން ފަށައިފިއެވެ. މިކަމާ ގުޅިގެން ޑޮކިއުމެންޓަރީ އެއް ތައްޔާރުކުރި ޕްރޮޑިއުސަރުން ބުނާ ގޮތުގައި ޖިންނި ޝައިޠާނުންގެ ނުފޫޒުގެ ސަބަބުން އެކަމުން ފަރުވާ ހޯދަން ބޭނުންވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ.

މިފަދަ ހާދިސާތައް ގިނަވެފައިވާ ކަމަށް ގައުމީ ފެންވަރުގައި ހެދިފައިވާ ޑޮކިއުމެންޓަރީތަކާއި ސޯޝަލް މީޑިއާ ރިޕޯޓުތަކުން ދައްކައެވެ. މި ރިޕޯޓުތަކުގައި އިކްޒޯސިސްޓުން އެމީހުންގެ މަސައްކަތަށް ބަލަނީ ދެމިހުންނަ ރޫޙާނީ ހަނގުރާމައެއްގެ ގޮތުގައެވެ. އަދި ރޫޙާނީ ހަމަލާތައް ކުރިމަތިވާ ކަމަށް ބެލެވޭ ފަރާތްތަކާ މުއާމަލާތް ކުރުމުގައި ހަރުދަނާކަމާއެކު ސަމާލުކަމެއް ދިނުމުގެ މުހިންމުކަން އެމީހުން ފާހަގަކުރެއެވެ.

މި ބޭނުންތަކަށް ޖަވާބު ދިނުމުގެ ގޮތުން، މަނިލާގެ އާޗްޑައިއޯސިސް އިން ވަނީ މަކާތީ ސިޓީގައި "ސެއިންޓް މައިކަލް ސެންޓަރ ފޯ ސްޕިރިޗުއަލް ލިބަރޭޝަން އެންޑް އިކްޒޯސިޒަމް" ގެ މަސައްކަތް ފަށާފައެވެ. އޭޝިއާގައި މިބާވަތުގެ ފުރަތަމަ މަރުކަޒު ކަމަށް ބެލެވޭ މި ތަނުގެ މަގުސަދަކީ ޖިންނި ޝައިޠާނުންގެ އަސަރުކޮށްފައިވާ ކަމަށް ބެލެވޭ މީހުންނަށް ފަރުވާ ދިނުމާއި،  އެހީތެރިކަން ފޯރުކޮށްދިނުމެވެ. މި މަރުކަޒުގައި ދީނީ ކަންކަމާ ބެހޭ ކޮމިޝަން، އިކްޒޯސިޒަމް އޮފީސް، ރޫޙާނީ ހާދިސާތަކާއި ބެހޭ މިނިސްޓްރީ، އަދި ރޯމުގައި ހުންނަ އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް އިކްޒޯސިސްޓްސްއާ ގުޅިފައިވާ ފިލިޕީން އެސޯސިއޭޝަން އޮފް ކެތޮލިކް އިކްޒޯސިސްޓްސް (ޕޭސް) ހުންނާނެއެވެ.

މަނިލާ އާޗްޑައިއޯސިސްގެ އިކްޒޯސިޒަމް އޮފީހުގެ ޗީފް އިކްޒޯސިސްޓް  ޖޯސް ފްރެންސިސްކޯ ސީކިޔާ ފަދަ  އިސްވެރިންނާއި އިކްޒޯސިސްޓް ފާދަރީން، ރޫޙާނީ ދަތިތަކާ ކުރިމަތިލާ މީހުންގެ އަދަދު އިތުރުވެފައިވާކަން ގަބޫލުކުރެއެވެ. އެމީހުން ވަނީ މިކަންކަމުގައި ހަރުދަނާ ސަމާލުކަމެއް ދިނުމަށާއި،  ސިހުރުގެ ކަންކަމުގައި ބައިވެރިނުވުމަށް ނަސޭހަތްތެރިވެފައެވެ. ސަބަބަކީ އެފަދަ ކަންކަމުގެ ސަބަބުން ނުރައްކާތެރި ނުފޫޒުތަކަށް ދޮރު ހުޅުވިދާނެ ކަމަށް  ދެކޭތީއެވެ.

ނަމަވެސް، ކެތޮލިކް ޗާޗުން މިފަދަ ކަންކަން ރޫޙާނީ ކަންކަމުގެ ގޮތުގައި ސިފަކުރި ނަމަވެސް، ސިއްހީ އަދި ނަފްސާނީ ދާއިރާގެ ފަންނީ ބޭފުޅުން ބުނާ ގޮތުގައި އާދަޔާ ހިލާފު ނުވަތަ އުނދަގޫ ތައްފެންނަ ފަރާތްތަކަށް ސިއްހީ އަދި ނަފްސާނީ ގޮތުން އިވެލުއޭޓް ކުރުން މުހިންމެވެ. ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މިފަދަ ގިނަ އަލާމާތްތައް ، ޑިސޯސިއޭޓިވް ހާލަތްތައް – ސްޓްރެސް، ނިއުރޮލޮޖިކަލް މައްސަލަތައް، ނުވަތަ ޚާއްސަކޮށް ގިނަ ބަޔަކު އެއްތަންވެ ތިބޭ މާހައުލުތަކުގައި ސޯޝަލް ކޮންޓޭޖިއަންގެ އަސަރު ފަދަ ތަބީއީ ސަބަބުތަކަށް ވެސް ވެދާނެއެވެ.

ފިލިޕީންސްގައި ޖިންނި ޝައިޠާނުންނާއި އަސަރުކުރުމަށް ދެކޭ ގޮތް ގުޅިފައިވަނީ ދީނީ އަދި ރަށުތެރޭގެ ތަފާތު ގަބޫލުކުރުންތަކާއެވެ. ގިނަ ބަޔަކަށް 'ސަނިބް' ނުވަތަ ޖިންނި ޝައިޠާނުންގެ ނުފޫޒަކީ އެމީހުންގެ ސަގާފީ ކަންކަމުގެ ބައެކެވެ. ނަމަވެސް މިކަންކަމުގެ ތަފްސީރުތައް ދީނީ ގޮތުން ފެށިގެން ނަފްސާނީ ގޮތްގޮތަށް ވަރަށް ބޮޑަށް ތަފާތުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450