Ads by Stelco

ޚަބަރު

ބަލާފާސްކުރަން އުޅެނިކޮށް ފުލުހަކަށް އަނިޔާދިން ބަޔަކު ހައްޔަރުކޮށްފި

ބަލާފާސްކުރަން އުޅެނިކޮށް ފުލުހަކަށް އަނިޔާދިން ބަޔަކު ހައްޔަރުކޮށްފި

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި 3 މީހުން---

farudhun logo

ފަރުދުން

26 ޑިސެމްބަރު 2025، 08:31

26 ޑިސެމްބަރު 2025، 08:31

ގްރޫޕް ހަދާފައި ތިބި ބަޔަކަށް ފުލުހުން ފެނުމުން އެމީހުންގެ ޢަމަލުތައް ހުރި ގޮތުން ޖިނާއީ ކުށެއް ކުރަން އުޅޭކަމަށް ތުހުމަތުކުރެވިގެން ޗެކްކުރަން މަސައްކަތްކުރި ވަގުތު، ފުލުހަކަށް ހަމަލާދިން ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 4:15 ހާއިރު މި ހާދިސާ ހިނގީ، މާލޭގެ އިއްޒުއްދީން މަގާއި ގަނދަކޯޅި މަގު ގުޅޭ ކަންމަތީގައެވެ. 

އެމީހުން ބަލައިފާސްކުރަން އުޅުމުން އެކަމަށް ހުރަސް އަޅައި ފުލުހަކަށް ހަމަލާދިން ކަމުގެ ތުހުމަތަށް ހައްޔަރުކުރީ ފުވައްމުލައް، މިސްކިތްމަގު، ކެމީ، އަހުމަދު ރަޒީން، 22 އާއި ފުވައްމުލަކު، ފުނާޑު، ނަމަން، ނާފިއު އިބްރާހީމް، 30 އަދި ގދ. ވާދޫ، އިރާކުވިލާ، މުހައްމަދު ލުވޭޒް، 19 އެވެ. 

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ތިން މީހުން ހައްުޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ރަޒީން ފަސް ދުވަހަށް، ނާފިއު ދެ ދުވަހަށް އަދި ލުވޭޒް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލާގައި ހައްޔަރުކުރި އެންމެންނަކީ ވެސް ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450