ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އެއްބައިވަންތަކަމުގެ ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ފޮޓޯ: ރައީސް އޮފީސް
ފަރުދުން
26 ޑިސެމްބަރު 2025، 11:02
26 ޑިސެމްބަރު 2025، 11:02
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ، އެއްބައިވަންތަކަމުގެ ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފިއެވެ.
އެ ކަމަނާގެ މެސެޖުގައި ވަނީ އެއްބައިވަންތަކަމާ ގުޅޭ މުހިންމު އަސާސްތަކެއް ފާހަގަކުރައްވާފައެވެ. އެގޮތުން ދިވެހީންނަކީ އުޚުއްވަތްތެރި އަދި އޯގާތެރި އެކަކު އަނެކަކަށް ވާގިވެރިވާ ހިތްވަރުގަދަ ބައެއްގެ ގޮތުގައި އަބަދުމެ ލެއްވުން އެދި ދުޢާ ދަންނަވާފައި ވެއެވެ. އަދި އިލާހީ ޙިމާޔަތާއި މަދަދާއި އަދި އޯގާވަންތަކަމުގައި ރެޔާއި ދުވާލު މިޤައުމުގައި ލައްވާތޯވެސް އެކަމަނާވަނީ ދުޢާ ދަންނަވާފައެވެ.
ދިވެހީންނަކީ އުޚުއްވަތްތެރި، އޯގާތެރި، އެކަކު އަނެކަކަށް ވާގިވެރި، ހިތްވަރުގަދަ ބަޔެއްގެ ގޮތުގައި އަބަދުމެ ލައްވާށި. އިލާހީ ޙިމާޔަތާއި މަދަދާއި އޯގާވަންތަކަން ރެޔާއިދުވާލު މި ޤައުމުގައި ދަމަހައްޓަވާށި. އާމީން pic.twitter.com/te3hL0Xe9j
— First Lady Sajidha Mohamed (@sajidhaamohamed) December 26, 2025
2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވީ ސުނާމީ ކާރިސާއިން އަރައިގަތުމަށް ދިވެހީން ވަނީ އެއްބައިވަންތަކަން އިސްކޮށް، ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެކި ރަށްރަށުން އެތައް ދިވެހީންނެއްގެ ފުރާނަ ގެއްލި އެތައް ބަޔަކު ވީނުވީއެއް ނޭނގި ގެއްލި، ގެދޮރާއި މުޅި ރަށް ސުންނާފަތިކޮށްލި އެކާރިސާއިން އަރައިގަތުމަށް ދިވެހީން ދެއްކީ އެކަކު އަނެކަކަށް އޯގާތެރިވުމާއި އާދަޔާ ޚިލާފު ހިތްވަރެކެވެ.