ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެއްބައިވަންތަކަމުގެ ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަޠީފް، ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ތަޙުނިޔާ ފޮނުއްވައިފިއެވެ.
ނައިބު ރައީސް ޙުސެއިން މުޙައްމަދު ލަޠީފް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ، މީގެ 21 އަހަރު ކުރިން ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި މި ދުނިޔެ ދޫކުރި އަޚުންނާއި އުޚްތުންގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުޢާ ދަންނަވާފައެވެ.
🇲🇻
— Hussain Mohamed Latheef (@HucenSembe) December 26, 2025
ދިވެހިރާއްޖޭގެ އެއްބައިވަންތަކަމުގެ ދުވަސް!
ސުނާމީ ކާރިސާގައި އަޅުގަނޑުމެންގެ ތެރެއިން މިދުނިޔެ ދޫކުރި އަޚުންނާއި އުޚްތުންގެ ފުރާނައަށް، މާތްﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި.آمين pic.twitter.com/TZPKr7ZT0J
2004 ވަނަ އަހަރު ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ރާއްޖެއިން 82 މީހުން ނިޔާވެ، 26 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. މި ކާރިސާގައި އެތައް ބައެއްގެ ގެދޮރާއި މުޅި ރަށް ސުންނާފަތިކޮށްލިއިރު، އެދުވަހު ދިވެހީން ވަނީ އެކަކު އަނެކަކަށް އޯގާތެރިވުމާއި، އަޅާލުމުގެ އާދަޔާ ޚިލާފު ހިތްވަރެއް ދައްކާފައެވެ. ހަމަ އެހެންމެ، މި ކާރިސާއިން އަރައިގަތުމަށް ދިވެހި ސަރުކާރުން ވެސް ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.