Ads by Stelco

ޚަބަރު

ރ. އަލިފުށީގައި ހައިބްރިޑް ހަކަތަ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި

ރ. އަލިފުށީގައި ހައިބްރިޑް ހަކަތަ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފި

މަޝްރޫޢުގެ އަދާހަމަ/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

26 ޑިސެމްބަރު 2025، 03:34

26 ޑިސެމްބަރު 2025، 03:34

ރ. އަލިފުށީގައި 29.7 ކިލޯވޮޓްޕީކް ގެ ސޯލާ ފޮޓޯވޮލްޓެއިކް ހަކަތަ ހިމެނޭ ސޯލާ-ޑީޒަލް-ބެޓެރީ ހައިބްރިޑް ކަރަންޓު ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ. 

ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ރަށުގެ ކަރަންޓުގެ ޔަޤީންކަން އިތުރުކޮށް، ޑީޒަލަށް ބަރޯސާވާ މިންވަރު ކުޑަކުރުން ކަމަށެވެ.

މި ނިޒާމުގެ ސަބަބުން ރަށަށް ބޭނުންވާ ކަރަންޓު އުފެއްދުމުގައި އިރުގެ ހަކަތަ ބޭނުންކުރެވޭ މިންވަރު އިތުރުވެ، ޑީޒަލް ބޭނުންކުރާ މިންވަރު މަދުވެގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި މި މަޝްރޫޢު ޢަމަލީކުރުމުން، ކޮންމެ އަހަރަކު ގާތްގަނޑަކަށް 13،938 ލީޓަރުގެ ޑީޒަލް ސަލާމަތްކުރެވޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށާއި، އަހަރަކު 34 ޓަނުގެ ކާބަން ބޭރުކުރާ މިންވަރު ކުޑަވެގެންދާނެއެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. މިއީ އަލިފުށްޓަށް އިތުރު ސާފު އަދި ދެމެހެއްޓެނިވި ހަކަތައިގެ މުސްތަޤުބަލެއް ބިނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫޢަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ތެރޭގައި 2028 ވަނަ އަހަރާ ހަމައަށް ދިވެހިރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިޢާދަކުރަނިވި ހަކަތައިން އުފެއްދުމަށް ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް ކުރިއަށްދާ މަސައްކަތުގައި އެޅޭ މުހިންމު ފިޔަވަޅެކެވެ.

މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިވާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450