Ads by Stelco

ޚަބަރު

ޙުއްދަ ނުހޯދާ ސީޕްލޭން ޕްލެޓްފޯމެއް ހެދި މައްސަލައިގައި މަންތާ ޖޫރިމަނާކޮށްފި

ޙުއްދަ ނުހޯދާ ސީޕްލޭން ޕްލެޓްފޯމެއް ހެދި މައްސަލައިގައި މަންތާ ޖޫރިމަނާކޮށްފި

ސީޕްލޭން ޕްލެޓްފޯމެއްގައި މަންތާގެ ބޯޓެއް / ފޮޓޯ: މަންތާ

farudhun logo

ފަރުދުން

26 ޑިސެމްބަރު 2025، 03:36

26 ޑިސެމްބަރު 2025، 03:36

ޙުއްދަ ނުހޯދާ ރ. އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް ހެދި މައްސަލައިގައި މަންތާ އެވިއޭޝަން ޕްރައިވެޓް ލިމިޓެޑު ޖޫރިމަނާކޮށްފިއެވެ.

މި މައްސަލާގައި އެންވަޔަރަމަންޓަލް ރެގިއުލޭޓްރީ އޮތޯރިޓީއިން މަންތާ ޖޫރިމަނާކުރީ 20،000 ރުފިޔާއިންނެވެ.

ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، ތިމާވެއްޓަށް ފާހަގަކުރެވޭ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއް ކޮށްފާނެ މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ޤަވާއިދުގައި ބަޔާންކުރާ ގޮތަށް ސްކްރީންކޮށް، ތިމާވެއްޓަށް އަސަރުކުރޭތޯ ބަލާ ރިޕޯޓު ހުށައަޅާ އެންވަޔަރަމަންޓަލް ރެގިއުލޭޓްރީ އޮތޯރިޓީގެ ޙުއްދަ ހޯދަންޖެހެއެވެ.

މަންތާ އެވިއޭޝަން ޕްރައިވެޓް ލިމިޓެޑު ޖޫރިމަނާކުރީ މި ޤަވާއިދަށް ރިޢާޔަތްކޮށް، ރ. އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް ހެދުމަށްޓަކައި އެންވަޔަރަމަންޓަލް ރެގިއުލޭޓްރީ އޮތޯރިޓީގެ ޙުއްދަ ހޯދުމަކާއި ނުލާ، މަޝްރޫޢުގެ ޢަމަލީ މަސައްކަތްކޮށްފައިވާތީއެވެ.

އެންވަޔަރަމަންޓަލް ރެގިއުލޭޓްރީ އޮތޯރިޓީން ވަނީ، ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން މަސްދުވަހުގެ ތެރޭގައި ޖޫރިމަނާ ދައްކާ ޚަލާސް ކުރުމަށް އަންގަވާފައެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދާނަމަ އެކަން ޤަވާއިދާ އެއްގޮތަށް ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހުށައަޅާ ކަނޑައެޅިފައިވާ މަރުޙަލާތަކުގެ ތެރެއިން ކުރިއަށް ގެންދިޔުމަށްވެސް އެއޮތޯރިޓީން ވަނީ ނަސޭޙަތްތެރިވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450