Ads by Stelco

ޚަބަރު

ކުރިއަށް އޮތް 6 މަސްތެރޭ ހުޅުމާލޭގައި އިތުރު 4 މިސްކިތް ހުޅުވިގެންދާނެ: ވަޒީރު ޝަހީމް

ކުރިއަށް އޮތް 6 މަސްތެރޭ ހުޅުމާލޭގައި އިތުރު 4 މިސްކިތް ހުޅުވިގެންދާނެ: ވަޒީރު ޝަހީމް

މަސްޖިދުލް އީމާންގައި ނަމާދުކުރަނީ/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

26 ޑިސެމްބަރު 2025، 06:24

26 ޑިސެމްބަރު 2025، 06:24

ކުރިއަށް އޮތް 6 މަސްތެރޭ ހުޅުމާލޭގައި އިތުރު 4 މިސްކިތް ހުޅުވިގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، މިއަދު ރާއްޖޭގައި ދެ މިސްކިތެއް ރަސްމީކޮށް ހުޅުވިގެން ދިޔުމާއި ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ވިދާޅުވީ، މިއަދު ރާއްޖޭގައި 2 މިސްކިތް ހުޅުވިގެން ގޮސްފައިވާއިރު، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ހުޅުވޭނެ ކަމަށް އިޢުލާން ކުރި 15 މިސްކިތުގެ ތެރެއިން 5 އަދި 6 ހުޅުވިގެން އެ ދިޔައީ ކަމަށެވެ. ހަމަ އެހެންމެ، ކުރިއަށް އޮތް 6 މަސްތެރޭ ގިނަ މިސްކިތްތަކެއް ހުޅުވިގެންދާނެ ކަމަށާއި، އޭގެ ތެރޭގައި ހުޅުމާލެ ދާއިމީ 4 މިސްކިތް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. 

މީގެ އިތުރުން، އަތޮޅުތަކުގައި ވެސް ގިނަ މިސްކިތްތަކެއް ހުޅުވިގެންދާނެ ކަމަށާއި، ހުޅުވިގެންދާ މިސްކިތްތަކުގެ ތެރޭގައި ހެޔޮ އެދޭ ފަރާތްތަކާ ވުޒާރާއާއި ގުޅިގެން ގެންދާ މަޝްރޫޢުތަކާއި ސަރުކާރުގެ މަޝްރޫޢުތައް ހިމެނޭކަމަށް ވަޒީރު ވިދާޅުވިއެވެ.

މިސްކިތްތައް ބިނާކުރުމުގެ މަޝްރޫޢުތަކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ނަމާދުކުރާނެ ޖާގަ އިތުރުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތަކަށްވާއިރު، މިއަދު އަލަށް ހުޅުވި މިސްކިތްތަކުގެ ތެރެއިން އެއް މިސްކިތަކީ އައްޑޫ ސިޓީ މަރަދޫގައި ސަރުކާރުގެ ޚަރަދުގައި ބިނާކުރި "މަސްޖިދުއްރައްޔާން" އެވެ. ހަމަ އެއާއެކު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ބިނާކުރި "މަސްޖިދުލްއީމާން" ވެސް މިއަދު ހުޅުވާފައިވާއިރު، ތިން ފްލޯއަށް އިމާރާތްކޮށްފައިވާ މި މިސްކިތަކީ 1200 މީހުންގެ ޖާގަ ހިމެނޭ މިސްކިތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450