Ads by Stelco

ޚަބަރު

ހުޅުމާލޭ ހިޔާ ޕާކު ސަރަޙައްދުގައި ފޮތް ކިޔުމަށް ޙާއްޞަ އިންތިޒާމެއް ހަމަޖައްސައިފި

ހުޅުމާލޭ ހިޔާ ޕާކު ސަރަޙައްދުގައި ފޮތް ކިޔުމަށް ޙާއްޞަ އިންތިޒާމެއް ހަމަޖައްސައިފި

ހުޅުމާލެ ހިޔާ ޕާކް ސަރަޙައްދުގައި ޤާއިމްކޮށްފައިވާ "ރީޑިން ނުކް" / ފޮޓޯ: އެޗްޑީސީ

farudhun logo

ފަރުދުން

26 ޑިސެމްބަރު 2025، 08:46

26 ޑިސެމްބަރު 2025، 08:46

ހުޅުމާލޭ ހިޔާ ޕާކު ސަރަޙައްދުގައި ފޮތް ކިޔުމަށް ޙާއްޞަ އިންތިޒާމެއް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން  ހަމަޖައްސައިފިއެވެ.

މިކަމަށްޓަކައި ހުޅުމާލޭ ފޭސް-2ގެ ހިޔާ ޕާކު (ރުއްގަނޑު 3) ސަރަޙައްދުގައި ޤާއިމްކުރި "ރީޑިންގ ނުކް" ވަނީ މިއަދު އާންމުންނަށް ހުޅުވާލާފައެވެ. މިއީ ހަތަރު ފޮރޮޅުލީ ވެހިކަލްއެއްގެ ތެރޭގައި ހަދާފައިވާ "ރީޑިންގ ނުކް" އެއްކަން ވެސް ފާހަގަކުރެވެއެވެ. 

އެޗްޑީސީއިން ހާމަކޮށްފައިވާ ގޮތުގައި، މިއީ ހިޔާ ޕާކު ސަރަޙައްދަށް ޒިޔާރާތްކުރާ ފަރާތްތަކުން، އެ ސަރަޙައްދުގައި ތިބެގެން ހިތްހަމަޖައްސާލައި ފޮތް ކިޔޭނެ މަގުފަހިކުރުމަށް ޤާއިމްކުރެވުނު "ނުކް" އެކެވެ. 

ހުޅުމާލޭ ފޭސް-2ގެ ހިޔާ ޕާކު (ރުއްގަނޑު 3) ސަރަޙައްދުގައި ޤާއިމްކުރި "ރީޑިންގ ނުކް" / ފޮޓޯ: އެޗްޑީސީ

މި ރީޑިން ނުކްގައި ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށްވެސް އެކަށީގެންވާ، ދިވެހި އަދި އިނގިރޭސި ފޮތްތައް ހުންނާނެކަމަށް އެޗްޑީސީއިން ހާމަކުރެއެވެ. އޭގެ ތެރޭގައި، އެއް އަހަރާއި ހަ އަހަރުގެ ކުދިންނަށް ހާއްސަ ފޮތްތަކާއި، ހަ އަހަރާއި ދިހަ އަހަރުގެ ކުދިންނަށް ޙާއްޞަ ފޮތްތަކާއި، ޓީން ފިކްޝަން ފޮތްތަކާއި، ދިވެހި ބަސް އުނގެނުމަށް ޙާއްޞަ ފޮތްތަކާއި އަދި ކެއްކުމާއި ލައިފްސްޓައިލްގެ އިތުރުން ދީނީ ފޮތްތައްވެސް ވަނީ ބަހައްޓާފައެވެ.

ހިޔާ ޕާކު ސަރަޙައްދަށް ޒިޔާރާތްކުރާ ފަރާތްތަކުން ފޮތް ކިޔުމަށް އެ ޕާކުގެ ސަރަޙައްދުތަކަށް ފޮތްތައް ގެންދެވޭނެއެވެ. ނަމަވެސް އެ ސަރަޙައްދުން ދިޔުމުގެ ކުރިން ފޮތް އަނބުރާ ރައްދުކުރަންވާނެކަމަށް އެޗްޑީސީއިން ވަނީ އެދިފައެވެ.

"ރީޑިންގ ނުކް" ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:30 އިން ރޭގަނޑު 08:00 އަށެވެ. މިއީ، ފޮތް ކިޔުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް، އަދި ހުޅުމާލޭގެ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކޮށް، ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުކުރުމަށް ކުރިއަށްގެންދެވުނު މުހިންމު ޕްރޮޖެކްޓެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450