ދުނިޔެ

ތުރުކީން ސީރިއާގައި ރޭޑާ ސިސްޓަމްތަކެއް ހަރުކުރުމާ ގުޅިގެން އިޒްރާއީލުގެ ނުތަނަވަސްކަން އިތުރުވެއްޖެ

ތުރުކީން ސީރިއާގައި ރޭޑާ ސިސްޓަމްތަކެއް ހަރުކުރުމާ ގުޅިގެން އިޒްރާއީލުގެ ނުތަނަވަސްކަން އިތުރުވެއްޖެ

ތުރުކީން ސީރިއާގައި ރޭޑާ ސިސްޓަމްތަކެއް ހަރުކުރުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

27 ޑިސެމްބަރު 2025، 11:05

27 ޑިސެމްބަރު 2025، 11:05

ސީރިއާގެ ސަރަހައްދުގައި ތުރުކީގެ އަސްކަރީ ހަރަކާތްތައް އިތުރުވަމުންދާތީ އިސްރާއީލާއި ތުރުކީއާ ދެމެދު އޮތް ނުތަނަވަސްކަން ބޮޑުވެއްޖެއެވެ.

ހުޅަނގުގެ ޖާސޫސީ ދެ މަސްދަރަކުން އައި24 ނިއުސްއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ވޭތުވެދިޔަ ހަފުތާތަކުގައި ތުރުކީން ދަނީ ސީރިއާގެ ސަރަހައްދުތަކުގައި ރޭޑާ ސިސްޓަމްތަކެއް ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

މި ނިންމުމުގެ ސަބަބުން ސީރިއާގެ ވައިގެ ސަރަހައްދުގައި އިޒްރާއީލުން ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެއެވެ. އަދި އީރާން ފަދަ އެހެން ސަރަހައްދުތަކުގައި އޮޕަރޭޝަންތައް ހިންގުމަށް ސީރިއާގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ގާބިލުކަމަށް ވެސް މީގެ ސަބަބުން އަސަރުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޭރުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، ތުރުކީގެ މި ރޭޑާ ސިސްޓަމްތަކުގެ އެހީގައި ސީރިއާގެ އުޑުމަތީގައި ދަތުރުކުރާ އިޒްރާއީލުގެ އަސްކަރީ ބޯޓުތައް ދެނެގަތުމުގެ ޤާބިލުކަން ތުރުކީއަށް ލިބިގެންދާނެއެވެ. މީގެ ތެރޭގައި އިރާގާއި އީރާނަށް ދިއުމަށް ސީރިއާގެ ވައިގެ ސަރަހައްދު ހުރަސްކުރާ ބޯޓުތައް ވެސް ހިމެނެއެވެ. މިއީ އިޒްރާއީލުގެ ވައިގެ ސިފައިންނަށް އޮތް ބޮޑު ގޮންޖެހުމެކެވެ.

އިޒްރާއީލުގެ ސަލާމަތީ މަސްދަރަކުން ބުނެފައިވަނީ ސީރިއާގައި ތުރުކީން އަސްކަރީ ބޭހެއް ޤާއިމުކުރުމަކީ އިޒްރާއީލަށް އޮތް "ބޮޑު ނުރައްކަލެއް" ކަމަށެވެ. އެ މަސްދަރުން އިތުރަށް ހާމަކުރި ގޮތުގައި، "ތުރުކީގެ ވައިގެ މަރުކަޒެއް އެ ސަރަހައްދުގައި ޤާއިމުވެއްޖެނަމަ، ސީރިއާގައި އިޒްރާއީލުން ބޭނުންވާ ގޮތަށް ހަރަކާތްތެރިވުމުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ" އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450