ޚަބަރު
މީހަކަށް އަނިޔާ ކުރުމަށްފަހު މޫދަށް އެއްލާލި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި
މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން---
ފަރުދުން
28 ޑިސެމްބަރު 2025، 09:37
28 ޑިސެމްބަރު 2025، 09:37
މީހަކަށް އަނިޔާ ކުރުމަށްފަހު އެ މީހާ މޫދަށް އެއްލާލި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެ މީހާއަށް އަނިޔާކުރުމަށްފަހު މޫދަށް އެއްލާލާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާއަށް އަނިޔާކޮށްފައި ވަނީ 15 ރުފިޔާ ވަގަށް ނެގިކަމުގެ ތުހުމަތުގައެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން މީޑިއާއަށް ފޮނުވި މެސެޖުގައި ބުނީ، ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބ. ހިތާދޫ / އަންދަލީބުގެ، އުމުރުން 50 އަހަރުގެ އަޙްމަދު ޝަރީފް އާއި، ލ. އިސްދޫ / ބްލޫކިޔާގެ، އުމުރުން 49 އަހަރުގެ އަޙްމަދު ޚާތިމްއެވެ. މި ދެ މީހުންވެސް ކޯޓު އަމުރެއްގެ ދަށުން ހުކުރު ދުވަހުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
އަދި މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަޙުގީގު ކުރަމުންނެވެ.