Ads by Stelco

ޚަބަރު

މިއަންނަ އަހަރަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ކާމިޔާބު އަހަރަކަށް ވެގެންދާނެ: ވަޒީރު ޝަހީމް

މިއަންނަ އަހަރަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ކާމިޔާބު އަހަރަކަށް ވެގެންދާނެ: ވަޒީރު ޝަހީމް

ވަޒީރު ޝަހީމް/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 ޑިސެމްބަރު 2025، 01:58

28 ޑިސެމްބަރު 2025، 01:58

މިއަންނަ 2026 ވަނަ އަހަރަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ކާމިޔާބު އަހަރަކަށް ވެގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، 2026 ވަނަ އަހަރުގެ އެކްޝަން ޕްލޭނާއި އެކްޓިވިޓީ ކަލަންޑަރު އިފްތިތާޙްކުރުމަށް މިއަދު ބޭއްވުނު ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، 2026 ވަނަ އަހަރުގެ ތެރޭގައި ވުޒާރާއިން ފާއިތުވެދިޔަ ދެ އަހަރު ކުރެވުނު މުހިންމު މަސައްކަތްތަކުގެ ހަޤީޤީ މަންޒަރު ފެނިގެންދާނެކަމަށާއި، ވުޒާރާއިން ކުރިއަށް ގެންދާ މުހިއްމު ޕްރޮގުރާމުތަކަށް ވެސް އިތުރު ކުރިއެރުންތައް އަންނާނެކަމަށެވެ. އެގޮތުން، މިހާރު ފެށިފައިވާ ވަޤްފު މަޝްރޫޢުތަކުގެ މަންޒަރު ފެނިގެންދިއުމާއި، ބިންގާ އެޅި މަސައްކަތް ކުރިއަށްދާ މިސްކިތްތަކުގެ މަސައްކަތްތަކުގެ ބޮޑުބައި ވެސް ނިމިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޒުވާން ޚަޠީބުން ޕްރޮގުރާމުގެ އިތުރު ބުރުތަކާއެކު އިތުރު ޒުވާން ޚަޠީބުންތަކެއް އުފެދިގެންދިއުންވެސް ވެގެންދާނީ ފާހަގަކޮށްލެވޭ ކާމިޔާބީއަކަށްކަން ވަޒީރުގެ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ، އެކްޝަން ޕްލޭނެއް ހަދައިގެން، ޕްލޭނާއި އެއްގޮތަށް މަސައްކަތްތައް ބައްޓަންކުރުމަކީ އެވުޒާރާގެ މަސައްކަތްތައް ތަރުތީބުކަމާއެކު، ހަރުދަނާކޮށް ކުރިއަށްގެންދިޔުމަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމެއްކަމަށެވެ. އަދި ފާއިތުވެދިޔަ ދެ އަހަރުވެސް ވުޒާރާގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިވިފައިވަނީ މުވައްޒަފުންގެ ބުރަ މަސައްކަތާއެކުކަން ފާހަގަކުރައްވާ ވަޒީރު ވަނީ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި 2026 ވަނަ އަހަރުވެސް މުވައްޒަފުންގެ ކުރިއެރުމަށް ތަފާތު އެކި ޕްރޮގުރާމުތަކާއި ފުރުޞަތުތައް ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ވަޒީރުގެ ވަނީ ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450