Ads by Stelco

ޚަބަރު

ހޯރަފުށީގައި ހުންނަ މޯލްޑިވިއަންގެ އޮފީސް ފަޅާލައި، ކާގޯ 2 ފޮށިގަނޑު ވަގަށް ނަގައިފި

ހޯރަފުށީގައި ހުންނަ މޯލްޑިވިއަންގެ އޮފީސް ފަޅާލައި، ކާގޯ 2 ފޮށިގަނޑު ވަގަށް ނަގައިފި

ހޯރަފުށި މޯލްޑިވިއަން އޮފީސް ހުންނަ ތަން/ފޮޓޯ: މިހާރު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 ޑިސެމްބަރު 2025، 04:40

28 ޑިސެމްބަރު 2025، 04:40

ހއ. ހޯރަފުށީގައި ހުންނަ މޯލްޑިވިއަންގެ އޮފީސް ފަޅާލައި، ކާރގޯ 2 ފޮށިގަނޑު ވަގަށް ނަގާފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އައިލެންޑް އޭވިއޭޝަނުން ހއ. ހޯރަފުށީގައި ހިންގާ މޯލްޑިވިއަން އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ އެ އޮފީހުން ވައްކަން ކޮށްފައިވާ މައްސަލައެއްގެ 2025 ޑިސެންބަރު 28 ވަނަ ދުވަހުގެ ދަންވަރު 03:58 އެހާކަންހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން، މި މައްސަލައާއި ގުޅިގެން މިހާތަނަށް ބެލިބެލުމުން އެ އޮފީހުން ވަގަށް ނަގާފައިވަނީ ކާގޯ ދެ ފޮށިގަނޑުކަން އެނގިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. 

މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450