ވިޔަފާރި / ޚަބަރު

ވީއައިއޭގެ އައު ޓީމިނަލުން 'އެއިރޯފްލޮޓް' އަށް ޚިދުމަތް ދޭން ފަށައިފި

ވީއައިއޭގެ އައު ޓީމިނަލުން 'އެއިރޯފްލޮޓް' އަށް ޚިދުމަތް ދޭން ފަށައިފި

ޚިދުމަތް ދޭން ފެށުން/ފޮޓޯ: އެމްއޭސީއެލް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

28 ޑިސެމްބަރު 2025، 04:41

28 ޑިސެމްބަރު 2025، 04:41

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ފަސިންޖަރު ޓާމިނަލުން ރަޝިއާގެ އެންމެ ބޮޑު އެއަރލައިން 'އެއިރޯފްލޮޓް' އަށް ވެސް ޚިދުމަތް ދޭން ފަށައިފި އެވެ.

ވީއައިއޭ ގެ އައު ފަސިންޖަރު ޓާމިނަލް (ޓާމިނަލް 1) އިން އެއިރޯފްލޮޓް އަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި ޝަރަފްވެރިކޮށްދެވީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާއި ވަޢުދުތަކާ ބެހޭ ޕްރިންސިޕަލް ސެކްރެޓަރީ ޙުސައިން ފަހުމީ އެވެ. މި ރަސްމިއްޔާތުގައި އެއިރޯފްލޮޓް އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ޖެނެރަލް މެނޭޖަރު އެވްގެނީ ރަޓުޝްނީ އާއި، އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝަރީފް މުޙައްމަދާއި، އެމްއޭސީއެލްގެ އެކްސްކޯ މެންބަރުންނާއި، އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި، އެއިރޯފްލޮޓްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުތަކުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. ހަމަ އެހެންމެ، ޓާމިނަލް 1 އާ ކައިރި ކުރި އެއިރޯފްލޮޓްގެ ފުރަތަމަ ފްލައިޓް އިން ރާއްޖެ އައި ފަސިންޖަރުންނަށް  ވަނީ ސަޤާފީ އެކި ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ. މިއީ، ޓަރމިނަލުގައި އަލަށް ޚިދުމަތް ފަށާ ހުރިހާ އެއަރލައިންތަކަށް ވެސް އެމްއޭސީއެލުން ކުރިއަށް ގެންދާ ޙަކަރާތެއްކަން ފާހަގަކޮށްލެވެއެވެ.

އެއިރޯފްލޮޓް އަކީ، ވީއައިއޭގެ އައު ޓާމިނަލުން ޚިދުމަތް ދޭން ފެށި 39 ވަނަ އެއާލައިނަށް ވާއިރު، އެމްއޭސީއެލްގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި މި ޚިދުމަތް އިތުރު އެއަރލައިންތަކަށް ފުޅާކުރުމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450