ވިޔަފާރި / ޚަބަރު
ވީއައިއޭގެ އައު ޓާމިނަލުން 'ހާއި-ސްކައި' އެއާލައިނަށް ޚިދުމަތް ދޭން ފަށައިފި
ހާއި-ސްކައި ގެ މަތިންދާބޯޓު/ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ފަސިންޖަރު ޓާމިނަލުން 'ހާއި-ސްކައި' އެއާލައިނަށް ވެސް ޚިދުމަތް ދޭން ފަށައިފި އެވެ.
ވީއައިއޭ ގެ އައު ފަސިންޖަރު ޓާމިނަލް (ޓާމިނަލް 1) އިން އެއިރޯފްލޮޓް އަށް ޚިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވައިފައެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ގްރޫޕްގެ ޖެނެރަލް މެނޭޖަރު އަލީ ޝާކިރު އާއި، ވޮޔޭޖަސް މޯލްޑިވްސްގެ ޑެޕިއުޓީ މެނޭޖަރ އިގްނާޒް މަންސޫރް އާއި، އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝަރީފް މުޙައްމަދާއި، އެމްއޭސީއެލްގެ އެކްސްކޯ މެންބަރުންނާއި، އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި، ހާއި-ސްކައިގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ ފްލައިޓުތަކުން ދަތުރުކުރި ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. ހަމަ އެހެންމެ، ޓާމިނަލް 1 އާ ކައިރި ކުރި ހާއި-ސްކައިގެ ފުރަތަމަ ފްލައިޓް އިން ރާއްޖެ އައި ފަސިންޖަރުންނަށް ވަނީ ސަޤާފީ އެކި ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ. މިއީ، ޓަރމިނަލުގައި އަލަށް ޚިދުމަތް ފަށާ ހުރިހާ އެއަރލައިންތަކަށް ވެސް އެމްއޭސީއެލުން ކުރިއަށް ގެންދާ ޙަކަރާތެއްކަން ފާހަގަކޮށްލެވެއެވެ.
ހާއި-ސްކައި އަކީ، ވީއައިއޭގެ އައު ޓާމިނަލުން ޚިދުމަތް ދޭން ފެށި 38 ވަނަ އެއާލައިނަށް ވާއިރު، އެމްއޭސީއެލްގެ އަމާޒަކީ ކުރިއަށް އޮތް ދުވަސްތަކުގައި މި ޚިދުމަތް އިތުރު އެއަރލައިންތަކަށް ފުޅާކުރުމެވެ.
Highlights of HiSky’s Operations at Terminal 1, Velana International Airport. pic.twitter.com/ALOxTdzGZI
— Maldives Airports Company Ltd (@MACLmedia) December 27, 2025