Ads by Stelco

ޚަބަރު

ޓެރަރިޒަމްގެ ތިން ދަޢުވާއެއް ސާބިތުވި ޙޫދު 23 އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފި

ޓެރަރިޒަމްގެ ތިން ދަޢުވާއެއް ސާބިތުވި ޙޫދު 23 އަހަރަށް ޖަލަށް ލުމަށް ޙުކުމްކޮށްފި

ޓެރަރިޒަމްގެ 3 ދަޢުވާއެއް ސާބިތުވި ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު / ފޮޓޯ: ޕީއެސްއެމް

farudhun logo

ފަރުދުން

28 ޑިސެމްބަރު 2025، 09:22

28 ޑިސެމްބަރު 2025، 09:22

ޓެރަރިޒަމްގެ ބޮޑު ތުހުމަތުތަކަކާއެކު ހައްޔަރުކޮށްފައިވާ، ވ. ދެލްވައްތަ، ހޫދު މުހައްމަދު ޒާހިރު ގެ މައްޗަށް އުފުލާފައިވާ 3 ދައުވާއެއް ސާބިތުވެ 23 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. 

ހޫދު ހައްޔަރުކުރީ ޔޫރަޕުގެ ދެ ގައުމެއްގެ އިދާރާއަކާއި އެމެރިކާގެ އެފްބީއައިއާ ގުޅިގެން 2022 ވަނަ އަހަރުއެވެ. އޭނާގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ޓެރަރިސްޓް ޖަމައާތެއްގެ މެންބަރަކަށްވުމުގެ ކުށުގަ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ އިތުރުން، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގައެވެ.

މި ތަނުން ޓެރަރިސްޓް ޖަމައާތެއްގެ މެންބަރަކަށްވުމުގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއް އިއްވިއިރު، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގައި 5 އަހަރުގެ ޖަލު ޙުކުމެއް އިއްވިއެވެ. މީގެ އިތުރުން ދެންކުރި ދަޢުވާއަށް އިއްވީ 3 އަހަރުގެ ޖަލު ޙުކުމެކެވެ.

2015 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހާހަމައަށް ތަފާތު އެކި ދުވަސްމަތިން ތަފާތު އެކި ނަންނަމުގައި ޝޯޝަލް މީޑިއާ އެޕްލިކޭޝަންތަކުގައި އައިއެސްއަށް ތާއީދުކޮށް އެ ޖަމާއަތުގެ ޕްރޮޕެގެންޑާ ފެތުރުމުގެ އިތުރުން ޓެރަރިޒަމްއާ ގުޅުން ހުރި ވަކިވަކި ޢަމަލުތަކަށް ރިޢާޔަތްކޮށް ޖުމްލަ 5 ދަޢުވާއެއް މި އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. 

މި މައްސަލާގައި އޭނާގެ މައްޗަށް 3 ދަޢުވާ ސާބިތުވިނަމަވެސް އަނެއް 2 ދަޢުވާ ސާބިތު ނުވާކަމަށް ވަނީ ކަނޑައަޅާފައެވެ. އެއީ އިންޓަރނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމާއި އިންޓަރނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާޢަތެއްގެ ލިޔެކިޔުންތައް ފެތުރުމުގެ ދައުވާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450