Ads by Stelco

ޚަބަރު

އިއްޔެއަކީ އެއާރޕޯޓުގެ ތާރީޙުގައި ވެސް އެންމެ ބާރު ބޮޑު އެއް ދުވަސް

އިއްޔެއަކީ އެއާރޕޯޓުގެ ތާރީޙުގައި ވެސް އެންމެ ބާރު ބޮޑު އެއް ދުވަސް

އާދީއްދަ ދުވަހަކީ ވެލާނާ އެއާޕޯޓުގައި ފަސިންޖަރުންތަކެއް / ފޮޓޯ: އެމްއޭސީއެލް

farudhun logo

ފަރުދުން

29 ޑިސެމްބަރު 2025، 06:40

29 ޑިސެމްބަރު 2025، 06:40

އާދީއްތަ ދުވަހަކީ ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓް (ވީއައިއޭ)ގެ ތާރީޙުގައި ވެސް އެންމެ ބާރު ބޮޑު އެއް ދުވަސް ކަމުގައި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ. 

މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ހާމަކޮށްފައިވާ ގޮތުގައި އާދީއްތަ ދުވަހު 27,000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދޭނެއެވެ. އަދި މިއީ މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުންނަށް އެއް ދުވަހެއްގައި ހިދުމަތް ދޭނެ ދެވަނަ ދުވަސްކަން ވަނީ ފާހަގަކޮށްފައެވެ.

އެގޮތުން ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން މިއަދު 22,142 ފަސިންޖަރުންނަށް ހިދުމަތް ދޭނެއެވެ. އެއީ ރާއްޖެއިން ފުރާ 11,035 ފަސިންޖަރުންނާއި ރާއްޖެ އަންނަ 11,107 ފަސިންޖަރުންނެވެ.

ޑޮމެސްޓިކް ޓާމިނަލުން މިއަދު ޖުމުލަ 4,843 ފަސިންޖަރުންނަށް ހިދުމަތް ދޭނެއެވެ. އެއީ މާލެއިން ފުރާ 2,652 ފަސިންޖަރުންނާއި މާލެ އަންނަ 2,191 ފަސިންޖަރުންނެވެ.

އާދީއްދަ ދުވަހަކީ ވެލާނާ އެއާޕޯޓުގައި ފަސިންޖަރުންތަކެއް / ފޮޓޯ: އެމްއޭސީއެލް

މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ، އެއް ދުވަހާ އެހާ ގިނަ އަދަދެއްގެ ފަސިންޖަރުންނަށް ޚިދުމަތްދޭން ޖެހުމުގެ ސަބަބުން ކިއުގައި ހޭދަކުރަންޖެހޭ ވަގުތު އިތުރުވީނަމަވެސް، ފަސިންޖަރުންނަށް އައު ޓާރމިނަލްގައި ލިބޭ ތަޖުރިބާ ރަނގަޅު ވާނެތީ ހިންހަމަޖެހޭ ކަމަށެވެ.

ކިއުތަކުގައި ފަސިންޖަރުން ތިބެންޖެހޭ ވަގުތު އިތުރުވުން ކުޑަކޮށް, ހިދުމަތް އަވަސް ކުރުމަށްވެސް ޕްލޭންތައް ރާވައިގެން ކުރިއަށް ގެންދާނެ. އެއާޕޯޓަށް ބާރު ބޮޑުވި ނަމަވެސް ފަސިންޖަރުންނަށް އާ ޓާމިނަލުން ލިބޭ ތަޖުރިބާ ރަނގަޅުވުމަކީ ލިބޭ އުފަލެއް.  

އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާދީއްވިދާޅުވިއެވެ.

މީގެ އިތުރުން އާދީއްތަ ދުވަހު ވަނީ 239 އެއާ ޓްރެފިކް މޫވްމަންޓްސް ރެކޯޑް ކުރެވިފައެވެ.

މިދިޔަ އަހަރުގެ ޕީކް ސީޒަންގައި އެންމެ ބާރު ބޮޑުވީ ޑިސެމްބަރު 30ވަނަ ދުވަހުއެވެ. އެ ދުވަހު ވަނީ 10،300 އެއްހާ މީހުންނަށް ޚިދުމަތް ދީފައެވެ. 

ޓުއަރިޒަމްގެ ނަންބަރުތަކަށް ބަލާލާއިރު، މި މަހު އެވްރެޖުކޮށް 7،000 ޓޫރިސްޓުން ރާއްޖެއަށް އާދެއެވެ. އަދި މި އަހަރު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 6،000 ޓޫރިސްޓުން އަންނައިރު މިއީ މިދިޔަ އަހަރަށް ވުރެ 10 ޕަސެންޓުގެ އިތުރުވުމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450