ޚަބަރު
ރޯދަ މަހުގެ 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެކަމަށް ވަޒީރު ވިދާޅުވެއްޖެ
ހާފިޒުން ދަސްވެނިވުމަށް މި އަހަރު ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ރައީސް އޮފީސް
ފަރުދުން
29 ޑިސެމްބަރު 2025، 10:03
29 ޑިސެމްބަރު 2025، 10:03
މިއަންނަ ރޯދަ މަހުގެ 27 ވިލޭރޭ 30 ހާފިޒުން ދަސްވެނިވާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، މި އަހަރުގެ މިހާތަނަށް 21 ކުއްޖަކު ޤުރުއާން ހިތުދަސްކޮށް ނިންމައި އިމްތިޙާނު ހަދާފައިވާ ކަމަށެވެ. އަދި 7 ކުއްޖެއްގެ އިމްތިޙާނު މިހާރު ކުރިއަށްދާ ކަމަށާއި، 1 ކުއްޖަކު އިމްތިޙާނަށް ތައްޔާރުވެފައިވާ ކަމަށެވެ.
ޙާފިޒުން ދަސްވެނިވުމުގެ ރަސްމިއްޔާތު ރޯދަ މަހުގެ 27 ވިލޭރޭ ބާއްވާނެކަން ސަރުކާރުން އިޢުލާންކުރީ މިދިޔަ މާރިޗު މަހުއެވެ. އެ ރަސްމިއްޔާތުގައި 30 ކުދިން ދަސްވެނިވާއިރު މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު އިތުރު އަދަދެއް ކަމަށް ވަޒީރު ފާހަގަކުރައްވާފައިވެއެވެ.
މި ރަސްމިއްޔާތުގައި 42 ހާފިޒަކަށް ރައީސުލްޖުމުހޫރިއްޔާގެ މެޑަލް އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖޭގައި ހާފިޒުން އުފެއްދުމަކީ، ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. ކީރިތި ޤުރުއާން ހިތުދަސްކުރަން ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ، މިދިޔަ ޖޫން މަހުން ފެށިގެން ހާފިޒުންގެ އެލަވަންސްވެސް ބޮޑުކުރައްވާފައެވެ.