Ads by Stelco

ޚަބަރު

މޮންގޯލިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

މޮންގޯލިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ދިވެހިރާއްޖެއާއި މޮންގޯލިއާގެ ދިދަ/ފޮޓޯ: ވެކްޓަރ ސްޓޮކް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

29 ޑިސެމްބަރު 2025، 02:46

29 ޑިސެމްބަރު 2025، 02:46

މޮންގޯލިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަޙުނިޔާ ފޮނުއްވައިފިއެވެ.

މޮންގޯލިއާގެ ޚާރިޖީ ވަޒީރު ބަތުސެޓްސެގް ބަތުމުންކް އަށް އެ ޤައުމުގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގަ އާއި ވަޒީރުގެ އަމިއްލަ ނަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، މޮންގޯލިއާގެ ސަރުކާރަށާއި ރައްޔިތުންނަށް، ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުންތައް ފޮނުއްވާ ކަމަށެވެ.

ހަމަ އެހެންމެ، ދިވެހިރާއްޖެ އާއި މޮންގޯލިއާ އާ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން ދެޤައުމުގެ ރައްޔިތުންނަށް މަންފާކުރަނިވި ގޮތެއްގައި އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ. އަދި މޮންގޯލިއާގެ ޚާރިޖީ ވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކާއި، މޮންގޯލިއާ ގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި އުފާ ފާގަތިކަން ލިބުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.

ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، މޮންގޯލިއާގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450