Ads by Stelco

ޚަބަރު

ހުޅުމާލޭ ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ހުޅުމާލޭ ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ޕްރޮގްރާމުގެ ތެރެއިން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

29 ޑިސެމްބަރު 2025، 04:58

29 ޑިސެމްބަރު 2025، 04:58

ހުޅުމާލޭ ގެސްޓުހައުސްތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިހިނގާ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ޓޫރިސްޓް ޕޮލިހާއި ނެއިބަހުޑް ޕޮލިސް ގުޅިގެން ކަމަށެވެ. އެގޮތުން، މި ޕްރޮގްރާމަކީ ހުޅުމާލޭގައި ފަތުރުވެރިން ނިވާކަންކުޑަ ހެދުން އަޅައިގެން ބީޗުގައި އުޅޭ މައްސަލަ ހުއްޓުވުމަށް ގެސްޓުހައުސް ތަކުގެ ވެރިން ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމެއްކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި ޕްރޮގްރާމްގައި، ފަތުރުވެރިން ނިވާކަން ކުޑަ ހެދުން ލައިގެން މޫދަށް އެރުމާއި ބީޗުގައި ހަރަކާތްތެރިވުން އިތުރުވަމުން އަންނާތީ، އެކަން އެގޮތަށް ނުކުރުމަށް ފަތުރުވެރިންނަށް މައުޢުލޫމާތު ދިނުމަށާއި، ބީޗުގައި އުޅޭއިރު އަގުބޮޑެތި މުދަލަށް ސަމާލުވުމަށް ފަތުރުވެރިންނަށް އަންގައިދިނުމަށް ވެސް އިރުޝާދު ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މިދުވަސްވަރަކީ ހައި ސީޒަންއަށް ވުމާއެކު ބުކިންގ މައްސަލަތަކުން ސަލާމަތްވުމަށް ފަތުރުވެރިންނަށް ރަނގަޅު އިރުޝާދު ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން، ޕޭމަންޓާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ވެސް ދުރާލައި ކުރުމަށާއި މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް ވެސް ފުލުހުން ވަނީ އިރުޝާދުދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450