Ads by Stelco

ޚަބަރު

އެއަރޕޯޓް ކްރައިސިސް މެނޭޖްމަންޓާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެއަރޕޯޓް ކްރައިސިސް މެނޭޖްމަންޓާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

29 ޑިސެމްބަރު 2025، 05:10

29 ޑިސެމްބަރު 2025، 05:10

ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާދެމެދު އެއަރޕޯޓް ކްރައިސިސް މެނޭޖްމަންޓާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުތެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ  ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިއަދު ސޮއިކުރެއްވިގެން ދިޔަ މި އެއްބަސްވުމަކީ ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުއްލި ޙާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރަށް ހަރުދަނާކުރުމަށް އެކުލަވާލި އެއްބަސްވުމެއް ކަމަށެވެ. ހަމަ އެހެންމެ، ކުއްލި ހާލަތްތަކުގައި މުއާމަލާތުކުރުން ހަރުދަނާކުރުމާއި އަވަސް އަދި ފައިދާހުރިގޮތެއްގައި އިޖާބަ ދިނުމަށް މި އެއްބަސްވުމުގެ ދަށުން މަސައްކަތްކުރެވިގެންދާނެކަމަށް ފުލުހުން ވިދާޅުވިއެވެ.

ކުއްލި ހާލަތްތަކުގައި ދިމާވާ އެކި ކަންކަމުގައި ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް، އަވަސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެމްއޭސީއެލްއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450