ޚަބަރު
އައްޑޫ ސިޓީ މަރަދޫ ގަރާޖަކުން ވަގަށް ނެގި ކޮޕާ ރޯލުތަކެއް ހޯދާ ވެރިފަރާތާއި ހަވާލުކޮށްފި
ކޮޕާރޯލްތައް/ފޮޓޯ: ފުލުހުން
އައްޑޫ ސިޓީ މަރަދޫ ގަރާޖަކުން ވަގަށް ނެގި ކޮޕާ ރޯލުތަކެއް ހޯދައި، އޭގެ ވެރިފަރާތާއި ހަވާލުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ސ.މަރަދޫ، ޓިއުންއަޕް މޮޓޯ ގަރާޖްގައި ޖަހާފައިހުރި ދާގަނޑު ކަފާލައިގެންވަދެ، 500 ފޫޓަށްވުރެ ދިގު ކޮޕާ ރޯލް ތަކެއް ވަގަށް ނަގާފައިވާކަމުގެ މައުލޫމާތު 2025 ޑިސެމްބަރު 29 ވަނަ ދުވަހު ހެނދުނު އައްޑޫ ސިޓީ ގަމު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން، މި މައްސަލައިގައި ވަގަށް ނަގާފައިވާ ތަކެތި ހޯދަމުން ދަނިކޮށް، ސ. މަރަދޫ ފަޅު ގޯއްޗެއްގައި ބަހައްޓާފައިހުއްޓައި ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، މި ކޮޕާ ރޯލްތައް މިހާރު ވަނީ އޭގެ ވެރިފަރާތާއި ހަވާލުކުރެވިފައި ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.