Ads by Stelco

ޚަބަރު

މޯލްޑިވިއަނުން ސައުދީއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި

މޯލްޑިވިއަނުން ސައުދީއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި

ދިވެހިންތަކެއް އުމަރާއަށް ދިއުމަށް މޯލްޑިވިއަން ފްލައިޓަށް އަރަނީ / ފޮޓޯ: މޯލްޑިވިއަން

farudhun logo

ފަރުދުން

29 ޑިސެމްބަރު 2025، 07:52

29 ޑިސެމްބަރު 2025، 07:52

ޑިމާންޑު ބޮޑުވުމާ ގުޅިގެން މޯލްޑިވިއަން އެއާރލައިނުން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމާފައިވާކަމަށް އެ އެއާރލައިނުން ހާމަކޮށްފިއެވެ. 

ޤައުމީ އެއާރލައިންގެ މި ދަތުރުތަކަކީ ޢުމްރާވެރިން އުފުލުމަށް ޙާއްޞަކޮށްގެން ކުރިޔަށްގެންދާ ދަތުރުތަކެކެވެ. މި ދަތުރުތައް ފެށީ މި އަހަރުގެ ޖުލައި މަހުއެވެ. 

އަދި މޯލްޑިވިއަނުން ޖިއްދާއަށް ސީދާ ދަތުރުތައް ބޭއްވުމަށް ނިންމީ މި މަހުގެ 11ވަނަ ދުވަހުއެވެ. މިއީ ސްކޫލް ބަންދާ ދިމާކޮށް ދަތުރުވެރިންނަށް ލުއިކުރުމަށް ގެނައި ބަދަލެއްކަމަށް މޯލްޑިވިއަނުން ހާމަކުރެއެވެ.

އެގޮތުން މާލެއިން ޖިއްދާގެ ދަތުރުތައް ފަށާފައިވަނީ މިމަހުގެ 27 އަދި 28 ވަނަ ދުވަހުއެވެ.  އަދި ޖިއްދާއިން މާލެއަށް އައުމަށް ތިން ފްލައިޓެއް އޮޕަރޭޓު ކުރާއިރު ދަތުރުތައް ޝެޑިއުލްކޮށްފައިވަނީ އަންނަ މަހުގެ 10، 11 އަދި 12 ވަނަ ދުވަހަށެވެ. 

މޯލްޑިވިއަނުން ހާމަކޮށްފައިވާ ގޮތުގައި ޑިމާންޑު ބޮޑުވުމުގެ ސަބަބުން ވިއްސަށްވުރެ ގިނަ ފްލައިޓް ޝެޑިއުލްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މީގެ އިތުރުން މޯލްޑިވިއަނުން ދަތުރުކުރާ އިތުރު މަންޒިލްތަކުގެވެސް ފްލައިޓްތައް އިތުރުކުރަމުންދާކަމަށް އެއަރލައިނުން ވިދާޅުވިއެވެ.

މި ޝެޑިއުލްގެ ސަބަބުން، ޢުމްރާގެ ކަންކަން ފުރިހަމަކުރުމަށްޓަކައި ޖިއްދާގައި ގިނަ ވަގުތު ހޭދަކުރުމުގެ ފުރުޞަތު ދަތުރުވެރިންނަށް ލިބިގެންދާނެއެވެ. މީގެ އިތުރުން، ސްކޫލް ބަންދާ ދިމާކޮށް މި ދަތުރުތައް ހަމަޖައްސާފައިވުމުން، އާއިލާތަކަށް އެއްކޮށް ދަތުރުކުރުން އިތުރަށް ފަސޭހަވެގެންދާނެކަމަށް މޯލްޑިވިއަނުން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450