Ads by Stelco

ޚަބަރު

ދެބެއިންގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކު ޒަހަމްވެއްޖެ

ދެބެއިންގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކު ޒަހަމްވެއްޖެ

ފުލުހުންގެ ވެހިކަލެއް މާލޭގެ މަގުމަތީގައި / ފައިލް ފޮޓޯ: ޕޮލިސް

farudhun logo

ފަރުދުން

29 ޑިސެމްބަރު 2025، 11:37

29 ޑިސެމްބަރު 2025، 11:37

ދެބެއިންގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކު ޒަހަމްވެއްޖެއެވެ. 

މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ ހޯމަ ދުވަހުގެ އިރުއޮއްސި 18:40 ހާއިރެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވުމުގެ ސަބަބުން އޭނާއަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައިގައި 28 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. 

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤުކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450