ދުނިޔެ

ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ބަނގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވެއްޖެ

ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ބަނގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވެއްޖެ

ޚާލިދާ ޒިޔާއަކީ ބަނގުލަދޭޝްގެ އެންމެ ފުރަތަމަ އަންހެން ބޮޑު ވަޒީރު---

farudhun logo

ފަރުދުން

30 ޑިސެމްބަރު 2025، 09:13

30 ޑިސެމްބަރު 2025، 09:13

ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ބަނގުލަދޭޝްގެ ކުރީގެ ބޮޑުވަޒީރު، ޚާލިދާ ޒިއާ އަވަހާރަވެއްޖެއެވެ.

ޞިއްޙީ ހާލުކޮޅު ގޯސްވުމުގެ ސަބަބުން މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދިޔަ ޚާލިދާ އަވަހާރަވީ މިއަދު ފަތިހުގެ ވަގުތެއްގައެވެ.

އުމުރުން 80 އަހަރުފުޅުގެ ޚާލިދާ އަވަހާރަވެފައިވާކަން، ޚާލިދާގެ ބަންގްލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ)އިން ނެރުނު ބަޔާނެއްގައި ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ބަނގުލަދޭޝްގެ ފުރަތަމަ އަންހެން ބޮޑުވަޒީރު، ޚާލިދާ މިދިޔަ މަހު ހޮސްޕިޓަލުގައި އެޑްމިޓުކުރީ ފުއްޕާމޭގެ އިންފެކްޝަނެއް އުފެދިގެންނެވެ. މީގެ އިތުރުން ވެސް ގިނަ ބަލިތަކެއް ޚާލިދާ ދިޔައީ ތަޙައްމަލު ކުރަމުންނެވެ. އެގޮތުން ހިތުގެ މައްސަލަތަކާއި، ކިޑްނީގެ މައްސަލަތަކާއި، ހަކުރު ބައްޔާއި ފުއްޕާމޭގެ މައްސަލަތަކާއި، އާތުރައިޓިސް އަދި ލޮލުގެ މައްސަލަތައް ވެސް ކުރިމަތިވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަނގުލަދޭޝްގައި ތިން ފަހަރެއްގެ މަތިން ބޮޑުވަޒީރުގެ މަޤާމު އަދާކޮށްފައިވާ ޚާލިދާއަށް ވަނީ 2018ވަނަ އަހަރު ޖަލު ޙުކުމެއް ވެސް އިއްވާފައެވެ. ޝައިހް ހަސީނާގެ ވެރިކަމުގައި ޚާލިދާއަށް އިއްވި މި ޙުކުމަކީ ކޮރަޕްޝަންގެ ދަޢުވާކޮށް އެ ދަޢުވާ ސާބިތުވާކަމަށް ކަނޑައަޅައި އިއްވި ޙުކުމެކެވެ. އެ މުއްދަތުގައި ބޭސްފަރުވާއަށް ޤައުމުން ބޭރަށް ވަޑައިގަތުން ވެސް ޚާލިދާއަށް މަނާކުރިއެވެ.

ޚާލިދާ ޖަލުން މިނިވަންކުރީ މިދިޔަ އަހަރު ހަސީނާގެ ވެރިކަން ވައްޓާލުމާ އެކުގައެވެ. 

އަދި އަންނަ ފެބުރުއަރީ މަހު އޮންނަ އިންތިހާބުގައި ވާދަކުރައްވާނެކަން ވެސް އޭރު ޚާލިދާ ވަނީ އިޢުލާންކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450