ޚަބަރު
"ވަން ޗައިނާ ޕޮލިސީ" ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފި
2024ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ރައީސުލްޖުމްހުރިއްޔާ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން / ފޮޓޯ: ރޮއިޓާސް
ފަރުދުން
30 ޑިސެމްބަރު 2025، 08:01
30 ޑިސެމްބަރު 2025، 08:01
ވަން ޗައިނާ ޕޮލިސީ" ރާއްޖެއިން އަބަދުވެސް ދަމަހައްޓާނެކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފިއެވެ.
މިކަމާ ގުޅިގެން ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ޒަމާނުއްސުރެ ދިވެހި ސަރުކާރުގެ ސިޔާސަތަކީ "ވަން ޗައިނާ" ކަމަށާއި، އަދި ޓައިވާނަކީ ޗައިނާގެ ސިޔާދަތީ ބާރު ހިންގާ އެ ޤައުމުގެ ބައެއް ކަމުގައެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ ދިވެހިރާއްޖެއިން ގެންގުޅޭ މި ސިޔާސަތަކީ 1972 ވަނަ އަހަރު ޗައިނާއާއި ގުޅުން ޤާއިމް ކުރުމާއި ހިސާބުން ފެށިގެންވެސް ބަދަލެއްނުވެ ދަމަހައްޓަމުން އަންނަ ސިޔާސަތެއް ކަމަށެވެ. އަދި މިއީ ދެ ފަރާތުން އެއްބައެއް އަނެއްބައެއްގެ މިނިވަންކަމަށް އިޙްތިރާމް ކުރުމުގެ އުސޫލު ދައްކުވައިދޭ ކަމެއްކަމަށެވެ.
މީގެއިތުރުން ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަނުމުގެ މުހިންމުކަމާއި، ޤައުމުތައް ސުލްޙަވެރިކަމާއެކު އެއްތަނެއްގައި އުޅުމުގެ މުހިންމުކަން ދިވެހިރާއްޖެއިން ޤަބޫލުކުރާކަމަށް ބަޔާނުގައިވެއެވެ.
ދިވެހިރާޢްޖެއާއި ޗައިނާއަކީ ޒަމާންވީ ބަދަހި ގުޅުމެއް އޮތް ދެ ޤައުމުކަން ފާހަގަކޮށް ޚާރިޖީ ވުޒާރާއިން ވަނީ މިއީ ދެ ޤައުމަށްވެސް ފައިދާ ކުރަނިވި ގުޅުމެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ ދެމެހެއްޓެނި ތަރައްޤީއާއި ސުލްޙަމަސަލްކަމަށް މަގުފަހި ކުރާ ގުޅުމެއް ކަމަށް ޚާރިޖީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.