Ads by Exprox

ޚަބަރު

ދަތުރުގޮސް އުޅެނިކޮށް ގެއްލުނު މީހަކު ފުލުހުން ހޯދަނީ!

ދަތުރުގޮސް އުޅެނިކޮށް ގެއްލުނު މީހަކު ފުލުހުން ހޯދަނީ!

ގެއްލިގެން ހޯދަމުންދާ ތަސްލީމް. ފޮޓޯ: ސޯޝަލް މީޑީއާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

31 އޯގަސްޓު 2024، 03:47

31 އޯގަސްޓު 2024، 03:47

މާލެ އަތޮޅު ރަށެއް ކައިރީގައި އޮތް ފަސްގަނޑަކަށް ދަތުރު ގޮސް އުޅެނިކޮށް މީހަކު ގެއްލިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދްމަތުން ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

މިކަމާ ގުޅިގެން އެކްސްގައި ފުލުހުން ކޮށްފައިވާ ޕޯސްޓެއްގަ ބުނެފައިވަނީ ކ ހުވަފެންފުށީ ދެކުނުން ހިއްކާފައި އޮންނަ ފަސްގަނޑަށް އޮގަސްޓު 30 ވަނަ ދުވަހު ދަތުރު ގޮސް އުޅުނު  ތަސްލީމް މުޙައްމަދު (43އ) މ. އަސަރީހަނދާން، މާލެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދާ ކަމަށެވެ.

މީގެ އިތުރުން އޭނާ އެންމެފަހުން ފެނިފައި ވަނީ އިއްޔެ 10:00 އާއި 11:00 ހާއިރު ކަމަށް އޭނާއާއެކު ދަތުރުދިޔަ މީހުން މައުލޫމާތުދީފަވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.


 

ފުލުހުން ބުނެފައިވަނީ ގެއްލިގެން ހޯދަމުންދާ ތަސްލީމާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އަދި އޮގަސްޓު 29 އަދި 30 (ބުރާސްފަތި / ހުކުރު) ދުވަހު މި ފަސްގަނޑަށް އެއްވެސް ބަޔަކު ދަތުރުގޮސްފައި ވާނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު (9794639) އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދޭކަމަށެވެ. 

ތަސްލީމް ގެއްލިގެން ހޯދުމަށް އޭނާގެ އާއިލާއިންވެސް ސޯޝަލް މީޑިއާގައި ޕޯސްޓު ކޮށްފައިވެއެވެ. 

މި ލިޔުން ކިޔާލުމުން

Ads by Stelco