ޚަބަރު
ގެދޮރު ބިނާކުރުމަށް ޕްރޮފިޓް ރޭޓު ކުޑަކޮށް މިހާތަނަށް ސަރުކާރުން 909 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފި
"ހިޔާވެހި ފައިނޭންސް ސްކީމް" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު / ފޮޓޯ: ރައީސް އޮފީސް
އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް ޕްރޮފިޓް ރޭޓާއި އިކުއިޓީ ރޭޓު ކުޑަކޮށް ސަރުކާރުން ދެމުން އަންނަ ލޯނުތަކުގެ ތެރެއިން، މިހާތަނަށް އެޕްރޫވުކޮށްފައިވާ ލޯނުތަކުގެ އަދަދު 909 މިލިއަނަށް އަރައިފިއެވެ.
ހިޔާވެހި ފައިނޭންސް ސްކީމްގެ ނަމުގައި ސަރުކާރުން ދޫކުރަން ފެށި މި ލޯނުތަކަކީ ރާއްޖޭގައި ބޯހިޔާވަހިކަމެއް ލިބިފައިނުވާ އެންމެނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ކުރިޔަށްގެންދާ ކަމެއްކަމުގައެވެ.
ހިޔާވެހި ފައިނޭންސް ސްކީމް - އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް ދެވޭ ޕްރޮފިޓް ރޭޓު ކުޑަ އަދި އިކުއިޓީ ކުޑަ ލޯނު؛ މިހާތަނަށް 909 މިލިއަން ރުފިޔާގެ ލޯނު ވަނީ އެޕްރޫވް ކުރެވިފައި pic.twitter.com/kJjlEYYwPI
— Ministry of Construction, Housing & Infrastructure (@MoCImv) December 30, 2025
މި ޚިދުމަތަކީ ރާއްޖޭގެ އެކި ރަށްރަށުގައި ގެދޮރު ނޭޅި ފަޅަށްހުރި ގޯތިތަކުގައި ގެދޮރު އިމާރާތްކުރުމަށް މަގުފަހިކުރުމަށް ސަރުކާރުން ދޫކުރަން ފެށި ލޯނުތަކެކެވެ. މި ލޯނުގެ ޕްރޮފިޓް ރޭޓަކީ %5އެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ގެދޮރުނޭޅި ފަޅަށްހުރި ގޯތިތަކުގައި ގެދޮރު އިމާރާތްކުރުމަށް %5 ގެ ސާރވިސް ޗާޖެއްގައި ފައިސާ ދޫކުރުމަށް އެކުލަވާލާފައިވާ "ހިޔާވެހި ފަ އިނޭންސް ސްކީމް". މި ސްކީމްގައި ހިމެނޭ ވަސީލަތްތަކުގެ އެހީގައި މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދަތިހާލުގައި އުޅޭ ވަރަށްގިނަ އާއިލާތަކަކަށް ގެދޮރުގެ ތަނަވަސްކަން ލިބިގެންދާނެކަމަށް ގަބޫލުކުރަން.
މި ލޯނު ސްކީމް އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައ ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ހިޔާވެހި ރަށްވެހި ވަސީލަތަށް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް ޝަރީޢާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށްޓަކައި "ނޮމިނަލް ކޮންޓްރިބިޔުޝަން" އެއް ދައްކަން ޖެހޭނެއެވެ.
މި ލޯނަކީ ހުސްބިމެއްގައި އަލަށް އިމާރާތެއް ކުރުމަށް ނުވަތަ ނުނިމި ހުރި އިމާރާތެއް އެއްކޮށް ނިންމުމަށް ނުވަތަ ބާވެ ހަލާކުވެފައިވާ އިމާރާތެއް މަރާމާތުކުރުމަށް ހަމަޖައްސާ ފައިސާއަށްވާތީ ދޫކުރެވޭ ޖުމްލަ އަދަދުން މަޝްރޫޢު އެއްކޮށް ނިންމޭވަރު ވާންޖެހޭނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.