Ads by Stelco

ޚަބަރު

މަޝްހޫރު ފިލްމު ޑައިރެކްޓަރު ފައްތާޙު، ކުއްލި ގޮތަކަށް ނިޔާވެއްޖެ

މަޝްހޫރު ފިލްމު ޑައިރެކްޓަރު ފައްތާޙު، ކުއްލި ގޮތަކަށް ނިޔާވެއްޖެ

ފައްތާޙުއަށް ވަނީ މުނިފޫހިފިލުމުގެ ދާއިރާއިން ޤައުމީ އިނާމު ވެސް ލިބިފައި / ފޮޓޯ: ފޭސްބުކް

farudhun logo

ފަރުދުން

30 ޑިސެމްބަރު 2025، 09:21

30 ޑިސެމްބަރު 2025، 09:21

ދިވެހިރާއްޖޭގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު، އަބްދުލް ފައްތާޙު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

"ފަރުދުން"އަށް އެނގިފައިވާ ގޮތުގައި ފައްތާޙު ނިޔާވީ ސްޓްރޯކެއް ޖެހިގެން ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. ސްޓްރޯކް ޖެހުމާ ގުޅިގެން އޭނާ ދިއްދޫއަށް ގެންދިޔައީ މިރޭ އިރާކޮޅުއެވެ.

އުމުރުން 54 އަހަރުގައި ފައްތާޙު ނިޔާވިއިރު އެނާ ދިރިއުޅެމުން ދިޔައީ އޭނާގެ އުފަން ރަށް، ހއ. ކެލާގައެވެ. އޭނާ އެ ރަށަށް ބަދަލުވީ 2018ވަނަ އަހަރުއެވެ.

އަދި އޭނާ ވަނީ މިއަންނަ އަހަރު ލޯކަލް ކައުންސިލް އިންތިހާބުގައި ކެލާ ކައުންސިލްގެ ރައީސްގެ މަޤާމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރަން ނިންމާފައިވާކަން ވެސް އިޢުލާންކޮށްފައެވެ.

މުނިފޫހިފިލުވުމުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރެއްވި ފައްތާޙު އެންމެ ފަހުން ޑައިރެކްޓުކުރި ފިލްމަކީ "ޙައްދު"އެވެ. 

މުނިފޫހިފިލުވުމުގެ ދާއިރާއިން ފައްތާހު ކުރި މަސައްކަތުގެ އަގުވަޒަންކޮށް ސަރުކާރުން ވަނީ 2004 ވަނަ އަހަރު އޭނާއަށް ޤައުމީ އިނާމު ވެސް ދީފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450