Ads by Stelco

ޚަބަރު

އާސަންދަ ސްކީމްގައި އެމްޕެނަލްވުމަށް އެދޭ ފަރާތްތަކުގެ ހުށަހެޅުންތައް އަވަސް ކުރުމުގެ މަސައްކަތް ފަށައިފި

އާސަންދަ ސްކީމްގައި އެމްޕެނަލްވުމަށް އެދޭ ފަރާތްތަކުގެ ހުށަހެޅުންތައް އަވަސް ކުރުމުގެ މަސައްކަތް ފަށައިފި

އާސަންދައާ އެމްޕެނަލްވުމަށް ގިނަ ދިޔައީ ގިނަ ދުވަސްތަކެއް ހޭދަވަމުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

31 ޑިސެމްބަރު 2025، 09:20

31 ޑިސެމްބަރު 2025، 09:20

އިޖުތިމާޢީ ޞިއްޙީ އިންޝުއަރެންސް ޤައުމީ ނިޒާމް ކަމުގައިވާ "އާސަންދަ ސްކީމް"ގައި އެމްޕެނަލްވުމަށް އެދޭ ފަރާތްތަކުގެ ހުށަހެޅުންތައް އަވަސް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ހާމަކޮށްފިއެވެ.

އެ އެޖެންސީއިން އަންގާރަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ބުނީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ގޮތުން ކުރިޔަށް ގެންދެވި އެކި ޕްލެޓްފޯމްތަކުގައި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ޚިޔާލާއި މަޝްވަރާތަކަށްފަހު، އެ އެޖެންސީއިން ފެށި މަސައްކަތެއް ކަމަށެވެ.

އެގޮތުން، "އާސަންދަ ސްކީމް"ގައި އެމްޕެނަލްވުމަށް ހުށަހަޅާފައިވާ ހުށަހެޅުންތައް ވީއެންމެ އަވަހަކަށް ޕްރޮސެސް ކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ލިޔެކިއުންތަކާއި މަޢުލޫމާތު ފުރިހަމަ ކުރުމަށްފަހު 30 ޑިސެންބަރު 2025ގެ ކުރިން ޞިއްޙީ ޚިދުމަތްދޭ ކްލިނިކްތަކުން ހުށަހަޅާފައިވާ ހުށަހެޅުންތައް، 31 ޖެނުއަރީ 2026ގެ ނިޔަލަށް އެމްޕެނަލްކޮށް ނިންމާނެކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. 



ޞިއްހީ ޚިދުމަތްދޭ ތަންތަނާއި އާސަންދައާ އެމްޕެނަލްވުމަށް، އެންމެ ކުރީން ފެށިގެން ވެސް ގާތްގަނޑަކަށް 6 މަސްދުވަސް ހޭދަވަމުން ދިޔެއެވެ. އެހެންކަމުން ޞިއްޙީ ޚިދުމަތް ހޯދުމުގައި މިކަމުގެ ސަބަބުން އާންމު ރައްޔިތުން އުފުލަންޖެހޭ ތަކުލީފު އޮތީ ބޮޑުވެފައެވެ. އެއީ އެމްޕެނަލްވުމާ ހަމައަށް އަމިއްލަ ޖީބުން ހޭދަކުރަންޖެހޭ މިންވަރު އިތުރުވުމެވެ. 

އެހެންކަމުން މި ބަދަލާއެކު، ޞިއްޙީ ޚިދުމަތް ދިނުމަށް އަލަށް ހުޅުވާ ތަންތަނުން ވިޔަސް އާސަންދައިގެ ދަށުން ފަރުވާ ހޯދުމުގެ ތަކުލީފަށް މިކަމުގެ ސަބަބުން ލުއިތަކެއް ލިބިގެންދާނެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450