ޚަބަރު
ބަނގުރާ އުފައްދައި ވިއްކުމުގެ ތުހުމަތުގައި 5 މީހަކު ހައްޔަރުކޮށްފި
ބަނގުރަލުގެ މައްސަލައިގައި ހައްޔަރުކުރި މީހުން---
ފަރުދުން
31 ޑިސެމްބަރު 2025، 02:02
31 ޑިސެމްބަރު 2025، 02:02
ބަނގުރާ އުފައްދައި، ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތި ވިއްކުމުގެ ތުހުމަތުގައި މާލެއިން 5 މީހަކު ހައްޔަރުކޮށްފިއެވެ.
މި ދިޔަ ހޯމަ ދުވަހުގެރޭ ހިންގި މި އޮޕަރޭޝަންގައި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ ހަތަރު ފުޅިއާއި 5 ލީޓަރުގެ ފުޅިއެއް ފެނިފައިވެއެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވާ އެންމެންނަކީވެސް އިންޑިއާއަށް ނިސްބަތްވާ މީހުންނެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޕެރިޔަ (44އ) އާއި، ސަރަވަނާން ސުބާއިހް (43އ) އާއި، ސިތްރިމަން ގަނިސަން (53އ) އާއި، ރަވިންދުރަ ކުމާރު (37އ) އާއި، ރާޖާ ރަމަލިންގަމް (47އ) އެވެ.
މި އެންމެވެސް ރާއްޖެއިން ޑީޕޯޓުކުރުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނާއި ހަވާލުކޮށްފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.