Ads by Stelco

ޚަބަރު

ރާއްޖޭގެ ޞިއްޙީ ނިޒާމުގެ އިދާރީ ކަންކަން ހަރުދަނާ ކުރުމަށް ސޮފްޓްވެއަރތަކެއް ތަޢާރަފްކޮށްފި

ރާއްޖޭގެ ޞިއްޙީ ނިޒާމުގެ އިދާރީ ކަންކަން ހަރުދަނާ ކުރުމަށް ސޮފްޓްވެއަރތަކެއް ތަޢާރަފްކޮށްފި

ރާއްޖޭގެ ޞިއްޙީ ނިޒާމުގެ އިދާރީ ކަންކަން ހަރުދަނާ ކުރުމަށް ސޮފްޓްވެއަރތަކެއް ތަޢާރަފްކުރުން / ފޮޓޯ: ސިއްޙީ ވުޒާރާ

farudhun logo

ފަރުދުން

31 ޑިސެމްބަރު 2025، 03:11

31 ޑިސެމްބަރު 2025، 03:11

ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމުގެ އިދާރީ ކަންކަމާއި، ސިއްޙީ މަރުކަޒުތަކުންދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި އެކަމަށް ޚާއްޞަ ސޮފްޓްވެއަރތަކެއް ޞިއްޙީ ވުޒާރާއިން ތަޢާރަފްކޮށްފިއެވެ.

މި ސޮފްޓުވެއަރތައް ތަޢާރަފްކޮށްފައި ވަނީ، މިކަމަށްޓަކައި މިއަދު ޞިއްޙީ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ސިޓީތަކާއި އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުއެވެ. އެ މަނިކުފާނުގެ އަރިހުގައި ސިއްޙީ ވަޒީރު ނާޛިމް އިބްރާޙީމް ބައިވެރިވެވަޑައިގެންނެވިއެވެ. 

މި ރަސްމިއްޔާތުގައި ޞިއްޙީ ވުޒާރާއިން ވަނީ "ހެލްޕް ޑެސްކް ސަޕޯޓް"ގެ ނަމުގަ އާއި "މެޑިކަލް ސްޓޮކް ސިސްޓަމް"ގެ ނަމުގައި އުފައްދާފައިވާ ވަކި ދެ ސޮފްޓްވެއަރއެއް ތަޢާރަފްކޮށްފައެވެ.

އެގޮތުން "ހެލްޕް ޑެސްކް ސަޕޯޓް" އަކީ ޞިއްޙީ ވުޒާރާ އާއި ޞިއްޙީ މަރުކަޒުތަކާމެދު ކުރެވޭ މުޢާމަލާތްތައް ފަސޭހަކޮށް، މި މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި ތަޢާރަފްކުރި ސޮފްޓްވެއަރއެއްކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. އަދި "މެޑިކަލް ސްޓޮކް ސިސްޓަމް"އަކީ ސިއްޙީ ޚިދުމަތްދޭ ތަންތަނުން ބަލަހައްޓަމުންދާ މެޑިކަލް ސްޓޮކް ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން ބަލަހައްޓާ، ވަގުތުން ވުޒާރާއަށް ފެންނަގޮތަށް ހެދުމަށްޓަކައި ތަޢާރަފްކުރެވުނު ސޮފްޓްވެއަރއެއްކަމަށް ވަނީ ހާމަކޮށްފައެވެ.

މި ސޮފްޓްވެއަރތަކުގެ އިތުރުން،  އިންސާނީ ވަސީލަތްތައް މެނޭޖުކުރުމަށާއި، ޞިއްޙީ ވުޒާރާއަށް ޙިއްޞާކުރަން ޖެހޭ ލިޔެކިއުންތައް ފޮނުވުމަށް ޙާއްޞަ ސޮފްޓްވެއަރއެއް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ވެސް އެ ވުޒާރާއިން ހާމަކުރެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450