Ads by Stelco

ޚަބަރު

ފިލްމީ ތަރި އަދި ޑައިރެކްޓަރ ނިމާލަށް ސްޓްރޯކެއް ޖެހިގެން އައިސީޔޫގައި

ފިލްމީ ތަރި އަދި ޑައިރެކްޓަރ ނިމާލަށް ސްޓްރޯކެއް ޖެހިގެން އައިސީޔޫގައި

އަޙުމަދު ނިމާލް---

farudhun logo

ފަރުދުން

01 ޖެނުއަރީ 2026، 06:53

01 ޖެނުއަރީ 2026، 06:53

މަޝްހޫރު ފިލްމީ ތަރި އަދި ޑައިރެކްޓަރ އަޙުމަދު ނިމާލަށް ސްޓްރޯކެއް ޖެހިގެން އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް ސްޓްރޯކެއް ޖެހުނީ ސައިކަލު ދުއްވާފައި ދަނިކޮށެވެ. އެހެންކަމުން އިތުރު އަނިޔާތަކާއެކު، އޭނާގެ ހާލު ސީރިއަސްކަމަށް މަޢުލޫމާތު ލިބެއެވެ.

ނިމާލްއަކީ ދިވެހި ފިލްމް އިންޑަސްޓްރީގައި 1984ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ފަންނާނެކެވެ. އަދި މިހާރު އުމުރުން 62 އަހަރުވެފައިވާއިރު، ފިލްމު ޑައިރެކްޓުކުރުމުގެ އިތުރުން، ފާއިތުވި އަހަރު ނިކުތް ފިލްމުތަކުގައި ވެސް އޭނާ ވަނީ އެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައެވެ.

ނިމާލްއަކީ ޑައިރެކްޓް ކުރުމާއި އެކްޓަރެއްގެ އިތުރުން، ބައެއް ވާހަކަތައް ލިޔެ ސްކްރީންޕްލޭ ވެސް ލިޔެފައިވާ ފަރާތެކެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450