ވިޔަފާރި / ޚަބަރު

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް!

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް!

މިއަހަރުގެ ފުރަތަމަ ފަތުރުވެރިޔާ/ފޮޓޯ: އެމްއޭސީއެލް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

01 ޖެނުއަރީ 2026، 02:03

01 ޖެނުއަރީ 2026، 02:03

މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.

މި އަހަރުގެ ފުރަތަމަ ފަސިންޖަރުގެ ލަޤަބު ލިބިފައިވަނީ އެތިހާދު އެއާވޭސް އިން ރާއްޖެ އައި ޖަރުމަންގެ ރައްޔިތެއް ކަމަށްވާ ތޯމަސް އެންޑްރޫ ހެލްވެގާ، (54އ) އަށެވެ.

އެމްއޭސީއެލުން ވިދާޅުވީ، އޭނާ ރާއްޖެ އައިސްފައިވަނީ އޭނާގެ އަންހެނުންނާއެކުގައި ކަމަށެވެ. ހަމަ އެހެންމެ، މިއީ ތޯމަސް އާއި އޭނާގެ އަންހެނުން ރާއްޖެ އައި ފުރަތަމަ ފަހަރުކަމަށް އެމްއޭސީއެލުން މަޢުލޫމާތުދެއެވެ. ތޯމަސް އަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެރައިވަލް އޭރިއާގައި ޚާއްޞަ ހަފުލާއެއް މިއަދު ބާއްވައިފައިވާއިރު، އެ ހަފުލާގައި ތޯމަސް އަށް އެމްއޭސީއެލްގެ ފަރާތުން މަރުހަބާ ވިދާޅުވީ ޕެސެންޖާ ސާވިސަސްގެ ޑެޕިއުޓީ ޗީފް އޮފިސަރު އަލީ މުސްތާގުއެވެ.

މި ހަފުލާގައި ތޯމަސް އަށް އެމްއޭސީއެލްގެ ފަރާތުން ޚާއްޞަ ހަދިޔާއެއް ދީފައިވާއިރު، އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކާއި އެއާޕޯޓްތަކުގެ ޚިދުމަތް ހޯދާ ހުރިހާ ފަސިންޖަރުންނަށް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ޚިދުމަތެއް ފޯރުކޮށްދިނުންކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450