ޚަބަރު
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި މައުމޫން ފައުންޑޭޝަނާއި ދެމެދު އެއްބަސްވުމެއް!
އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ވުޒާރާ
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި މައުމޫން ފައުންޑޭޝަނާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި މައުމޫން ފައުންޑޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މައުމޫން ފައުންޑޭޝަންގެ ޗެއަރމަން ރައީސް އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްއެވެ.
މި އެއްބަސްވުމަކީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި މައުމޫން ފައުންޑޭޝަން ގުޅިގެން ކުރިއަށް އޮތްތާނގައި މަސައްކަތް ކުރުމަށް ސޮއިކުރެވުނު އެއްބްސްވުމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން، މީގެ ކުރިންވެސް އެ ވުޒާރާއާއި އެ ފައުންޑޭޝަނުން ގުޅިގެން ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ އެކި މަޢުލޫމާތުތައް ފެތުރުއްވުމަށް އެ ވުޒާރާއިން ވިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ނިމިދިޔަ 2025 ވަނަ އަހަރަކީ އެ ވުޒާރާއަށް ކާމިޔާބު އަހަރެއްކަން ފާހަގަކޮށްލެވެއެވެ.