Ads by Stelco

ޚަބަރު

ކިއުބާގެ މިނިވަން ދުވަހުގެ ތަޙުނިޔާ ރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ކިއުބާގެ މިނިވަން ދުވަހުގެ ތަޙުނިޔާ ރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ދިވެހިރާއްޖެއާއި ކިއުބާގެ ދިދަ/ފޮޓޯ: ވެކްޓަރސްޓޮކް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

01 ޖެނުއަރީ 2026، 04:34

01 ޖެނުއަރީ 2026، 04:34

ކިއުބާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަޙުނިޔާ ފޮނުއްވައިފިއެވެ.

ކިއުބާގެ ޚާރިޖީ ވަޒީރު ބްރޫނޯ އެޑުއާޑޯ ރޮޑްރިގޭޒް ޕަރިއްޔާއަށް އެ ޤައުމުގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގަ އާއި ވަޒީރުގެ އަމިއްލަ ނަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، ކިއުބާގެ ސަރުކާރަށާއި ރައްޔިތުންނަށް، ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުންތައް ފޮނުއްވާ ކަމަށެވެ.

ހަމަ އެހެންމެ، ދިވެހިރާއްޖެއާއި ކިއުބާއާ ދެމެދުގައި އެކުލެވިފައިވާ ގާތް ގުޅުން ޚާރިޖީ ގޮތުންނާއި ބައިނަލްއަޤްވާމީ މައިދާންތަކުގައި އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

ވަޒީރުގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ކިއުބާގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450