Ads by Stelco

ޚަބަރު

ކޯޓާ ހޯދުމަށް ވޯކް ސައިޓް ރެޖިސްޓަރީ ކުރާއިރު އިތުރު ލިޔެކިޔުން ހުށަހަޅަން ޖެހޭގޮތް ހަދައިފި

ކޯޓާ ހޯދުމަށް ވޯކް ސައިޓް ރެޖިސްޓަރީ ކުރާއިރު އިތުރު ލިޔެކިޔުން ހުށަހަޅަން ޖެހޭގޮތް ހަދައިފި

ޤަވާއިދާ ޚިލާފަށް ވިޔަފާރިތައް ހިންގަމުންދިޔަ ތަންތަނަށް އަމާޒުކޮށް އިމިގްރޭޝަނުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަން، ފޮޓޯ: އިމިގްރޭޝަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 ޖެނުއަރީ 2026، 06:59

02 ޖެނުއަރީ 2026، 06:59

ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ގެންނަ ބިދޭސީންނަށް ކޯޓާ ހޯދުމަށް ވޯކް ސައިޓް ރެޖިސްޓްރީކުރާއިރު، އިތުރު ލިޔެކިޔުން ހުށަހަޅަންޖެހޭ ގޮތަށް ބަދަލުކޮށްފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން މިކަމާ ގުޅިގެން ކުރި އިޢުލާނެއްގައި ބުނީ، ދާއިމީ ކޯޓާ އަދި ޕްރޮޖެކްޓުތަކަށް ކޯޓާ ދޫކުރުމުގެ އުސޫލަށް ބަދަލެއް ގެނަސްފައިވާ ކަމަށެވެ. 

އެގޮތުން 01 ޖެނުއަރީ 2026ވަނަ ދުވަހުން ފެށިގެން ދާއިމީ ކޯޓާ ދޫކުރާ މަސައްކަތްތަކުގެ ސައިޓް ރެޖިސްޓްރީ ކުރުމަށް ހުށަހަޅާއިރު، މިހާރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ އިތުރުން ނޮޓޮރައިޒްކޮށްފައިވާ "ވޯކް ސައިޓް ޑިކްލަރޭޝަން ފޯމް" އަދި އިޤުރާރު ހުށަހަޅާން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ކޯޓާ ހޯދަނީ ކުއްޔަށް ހިފާފައިވާ ތަނެއްގައި ކުރާ މަސައްކަތަކަށްނަމަ، އިމާރާތުގެ ވެރިފަރާތާއި ކޯޓާ ހޯދާ ފަރާތާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގެ ކޮޕީ އާއި އެހެނިހެން ލިޔެކިޔުން ހޯދުމުގެ އިޙްތިޔާރު އެ ވުޒާރާއަށް ލިބިގެންވާކަމަށް ވަނީ ހާމަކޮށްފައެވެ.

އަދި ދާއިމީ ކޯޓާ ދޫކޮށްފައިވާ ބިދޭސީންގެ ވޯކް ސައިޓު ރަޖިސްޓަރީ ކޮށްފައިވާ ތަންތަނުގެ މަޢުލޫމާތު އަޕްޑޭޓުކުރުމަށް ވެސް ވަނީ އަންގާފައެވެ. އެގޮތުން މި މަަސް ނިމުމުގެ ކުރިން އެ ތަންތަނުގެ ނޮޓޮރައިޒްކޮށްފައިވާ "ވޯކް ސައިޓް ޑިކްލަރޭޝަން ފޯމް" އަދި އިޤުރާރު ހުށަހެޅުމަށް ވަނީ އަންގާފައެވެ.

މި މުއްދަތުގައި ސައިޓު އަޕްޑޭޓުނުކޮށްފިނަމަ ސައިޓް ސަސްޕެންޑު ކުރާނެކަމަށް ވެސް ދާޚިލީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކުގެ ސައިޓްތައް ސަސްޕެންޑު ކުރެވޭނެ ވާހަކަ ހުރިހާ ވަޒީފާދޭ ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާގެ އިއުލާނުގައި ވެއެވެ.

މިއީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން މަދުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވިގެންދާނެ ހަރުދަނާ މަސައްކަތެއް ކަމަށް ޤަބޫލުކުރެވެއެވެ. އެއީ މިކަމުގެ ސަބަބުން، ސައިޓް ރެޖިސްޓްރީ ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރެވި، ކޯޓާ ދޫކުރާ މަރުހަލާގެ މަސައްކަތް އިތުރަށް ފުރިހަމަވެގެން ދާނެތީއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
ނ

ނޮހޮރުއްޕާން

02/01/2026 23:40

އުނދަގުލެއް އޮތިއްޔާ ކުރެވޭތޯ ބަލާތި/

ާ

ާލި ށހަހިދހ

03/01/2026 07:47

ކޮންކަމެއްތޯ ހަރުދަނާ ތިޔަވީ ކުރިން ވެސް އޮންނަގޮތަށް ތިޔައޮތީ ތަފާތަކީ ވުޒާރާ އިން ބޭނުންވެއްޖެނަމަ އެގްރިމެންޓް ހުށައަޅަން ޖެހުން. މިކަން ކުރާނީ ވުޒާރާ ގައި ތިބި ބަޔަކަށް ކަޓުނުލިބޭނަމަ.