ޚަބަރު
މާލޭގައި ދެ ބިދޭސީއެއްގެ ދެމެދު މާރާމާރީ ހިންގައިފި
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ--
މާލޭގައި ދެ ބިދޭސީއެއްގެ ދެމެދު މާރާމާރީ ހިންގައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މާލެ،ހެންވޭރު ވައިޖެހޭ މަގުގައި ބދޭސީންތަކެއްގެ މެދުގައި މާރާމާރީ ހިންގާކަމުގެ މަޢުލޫމާތު 2 ޖަނަވަރީ 2026 ވަނަ ދުވަހުގެ ރޭ 23:23 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން، މި ރިޕޯޓާއި ގުޅިގެން 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، އެ ދެ މީހުންނަކީ ވެސް ދެ ބިދޭސީންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި މި މާރާމާރީގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިވާކަމުގެ މަޢުލޫމާތެއް ފުލުހުންނަށް ލިބިފައިނުވާއިރު، މި މާރާމާރީ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ބެލުމަށްޓަކައި ފުލުހުން ވަނީ ތަޙުޤީގެއް ފަށައިފައެވެ.
ފަހަކަށް އައިސް މާލޭގެ އެކި ސަރަޙައްދުތަކުގައި ބިދޭސީންގެ މެދުގައި ހަމަނުޖެހުން ހިންގުން ޢާންމުވެފައިވާއިރު، މިކަމަށް އެކަށޭނެ ޙައްލެއް ގެނައުމަށް ކަމާ ގުޅުންހުރި އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.