ދުނިޔެ

ވެނެޒުއޭލާގެ ރައީސް އާއި އަނބިކަނބަލުން ހައްޔަރުކޮށް ނިއު ޔޯކަށް ގެންގޮސްފި

ވެނެޒުއޭލާގެ ރައީސް އާއި އަނބިކަނބަލުން ހައްޔަރުކޮށް ނިއު ޔޯކަށް ގެންގޮސްފި

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރާ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

04 ޖެނުއަރީ 2026، 08:13

04 ޖެނުއަރީ 2026، 08:13

ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރާ އާއި އަނބިކަނބަލުން ހައްޔަރުކޮށް އެމެރިކާގެ ނިއު ޔޯކަށް ގެންގޮސްފިއެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، ވެނެޒުއޭލާ ހިންގާނީ އެމެރިކާއިން ކަމަށެވެ.

ވެނެޒުއޭލާގެ ރައީސްގެ ދެކަނބަލުން އެމެރިކާގެ ބެލުމުގެ ދަށަށް ގެންދިޔައީ، ހުކުރު ދުވަހުގެރޭ ވެނެޒުއޭލާއަށް މެންދަމުގެ ވަގުތުގައި އެ ޤައުމުގެ ވައިގެ ސަރަޙައްދަށް އެމެރިކާގެ ގިނަ ޢަދަދެއްގެ ހެލިކޮޕްޓަރުތަކެއް ވަދެ، ގިނަ ހަމަލާތަކެއް ދިނުމަށްފަހުއެވެ.

ހޮނިހިރު ދުވަހު ސޯޝަލް މީޑިޔާގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ އަސްކަރިއްޔާއިން މަދޫރޯގެ ސަރުކާރާ ދެކޮޅަށް "ވަރަށް ކާމިޔާބު" އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަންގައި މަދޫރޯ އާއި އަނބިކަނބަލުން ހައްޔަރުކޮށްގެން، ވެނެޒުއޭލާއިން ނެރެފައިވާ ކަމަށެވެ.

މި އޮޕަރޭޝަނަކީ، ވެނެޒުއެލާއިން ވަގަށް ތެޔޮ ބޭރުކޮށްގެން ލިބޭ އާމްދަނީ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކުރުމަށްކަމަށް ތުޙުމަތުކޮށް އެމެރިކާއިން ހިންގި އޮޕަރޭޝަނެކެވެ. އެމެރިކާއިން ބުނަމުން ދަނީ ޕެސިފިކް ކަނޑާއި ކެރީބިއަން ކަނޑު މެދުވެރިކޮށް ވެނެޒުއެލާއިން މަސްތުވާތަކެތި ޓްރެފިކްކުރަމުންދާ ކަމަށެވެ. އަދި މިކަމުގެ އަޑީގައި ހުރީ މަޑޫރޯކަމަށާއި، އެއީ "ނާކޯ ޓެރަރިސްޓެއް" ކަމަށް އެމެރިކާއިން ބުނެއެވެ.

އަދި މިކަމާ ގުޅިގެން މި ކަނޑުތަކުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތައް ފުޅާކޮށް، މަސްތުވާތަކެތި އުފުލާކަމަށް ތުހުމަތުކުރެވޭ ގިނަ އުޅަނދުތަކަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ ޙަމަލާދީފައެވެ. 

މީގެއިތުރުން، ވެނެޒުއޭލާއިން ވަގަށް ތެޔޮ ބޭރުކުރާކަމަށް ތުހުމަތުކުރެވޭ ގިނަ ޢަދަދެއްގެ ޓޭންކަރުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، ކަނޑުމަގުން އެ އުޅަނދުތައް ހުއްޓުވުމުގެ މަސައްކަތް ވެސް އެމެރިކާއިން ވަނީ ފަށައިފައެވެ.

ނަމަވެސް އެމެރިކާއިން ވެނެޒުއޭލާއަށް ހަމަލާ ދިނުމުން، ގިނަ ޤައުމުތަކަކުން ވަނީ އެމެރިކާއަށް ފާޑު ކިޔާފައެވެ. އެގޮތުން ރަޝިޔާ، ޗައިނާ އަދި ލެޓިން އެމެރިކާގެ ގިނަ ޤައުމުތަކުން ވަނީ އެމެރިކާ ކުށްވެރިކޮށްފައެވެ. ރަޝިޔާއިން ބުނީ އެފަދަ ހަމަލާއެއް ދޭން ޖެހޭ ވަރުގެ މަޤުބޫލު ސަބަބެއް ނެތް ކަމަށެވެ. އަދި ޗައިނާއިން ބުނީ އެމެރިކާއިން ވެނެޒުއެލާގެ އިސްތިޤުލާލަށް އަރައިގެންފައިވާ ކަމަށާއި، އެއީ އދގެ ޗާޓަރާ ޚިލާފު ޢަމަލެއް ކަމަށެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރް ސްޓަރމަރ ވިދާޅުވީ އެމެރިކާއިން ދިން ޙަމަލާއާ އެ ޤައުމާ ގުޅުމެއް ނެތް ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނު ދަމަހައްޓަންޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ފަރަންސޭސީވިލާތުން ވެސް ބުނީ ވެނެޒުއެލާގެ މުސްތަޤުބަލާމެދު ގޮތް ނިންމަން ޖެހޭނީ އެ ޤައުމުގެ ރައްޔިތުން ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450