Ads by Stelco

ޚަބަރު

ރަސްގެތީމުގައި ދިރިއުޅޭ ބިދޭސީން ހޭލުންތެރިކުރުވުމަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

ރަސްގެތީމުގައި ދިރިއުޅޭ ބިދޭސީން ހޭލުންތެރިކުރުވުމަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

ސެޝަންގެ ތެރެއިން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

04 ޖެނުއަރީ 2026، 01:00

04 ޖެނުއަރީ 2026، 01:00

ރ. ރަސްގެތީމުގައި ދިރިއުޅޭ ބިދޭސީން ހޭލުންތެރިކުރުވުމަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މިއީ، ކުށްމަދު އަމާން މާޙައުލެއް ޤާއިމުކުރުމަށް ރަސްގެތީމު ޕޮލިސް ޕޯސްޓުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރަސްގެތީމުގައި ދިރިއުޅޭ ބިދޭސީންނަށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

މިހިނގާ ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަންގައި، ރަށުތެރޭގައި އުޅޭ އުޅުމުގައި ޤާނޫނުތަކާއި ޤަވާއިދުތަކަށް ބޯލެނބުމަށާއި، އެއްގަމު އުޅަނދު ދުއްވުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން ވެސް ކިޔައިދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށާއި ގެންގުޅޭ މުދަލަށް ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ބުނެދީފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދުމުގެ މައްސަލަތަކުން ދުރުހެލިވެ، ރައްކާތެރިވުމަށާއި ރަށުގައި އުޅޭއިރު ދިމާވާ ނޭދެވޭ ކަންކަމުން ދުރުހެލިވެތިބުމަށް ވެސް ނަސޭހަތްތެރިވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ރަށްރަށުގައި މަސައްކަތްކުރާ ބިދޭސީން ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިކުރުވައި ހޭލުންތެރިކުރުވުމަށް މަޢުލޫމާތު ދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް ފުލުހުން ހިންގަމުންދާކަން ފާހަގަކޮށްލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450