Ads by Stelco

ޚަބަރު

ދިއްދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްއިން މާދަމާ ފަަށަނީ

ދިއްދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް އެމްއޭސީއެލްއިން މާދަމާ ފަަށަނީ

ޑްރެޖަރު--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

04 ޖެނުއަރީ 2026، 07:20

04 ޖެނުއަރީ 2026، 07:20

ހއ. ދިއްދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ.

ދިއްދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅަކަށްވީއިރު، ބިން ހިއްކުމަށް ދުނިޔޭގެ 3 ވަނައަށް އެންމެ ބޮޑު ޑްރެޖަރު މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ.

ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ، ލެއިވް އެރިކްޝަން ނަމަކަށް ކިޔާ މި ޑްރެޖަރަކީ 46،000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި ޑްރެޖަރެއްކަމަށް އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވިއެވެ. މިއީ، ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް ސަރުކާރުން ގެނައި 3 ވަނަ ޑްރެޖަރެރަށްވާއިރު، މީގެ ކުރިން ހުޅުމާލެ 3 ވަނަ ފިޔަވަހީގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ މަސައްކަތް ކުރުމަށްޓަކައި ނެދަލޭންޑުގެ ބޮސްކާލިސްގެ ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ، ޕްރިންސް ޑާ ނެޑަލަންޑަންއާއި، ޓްރެއިން ސަކްޝަން ހޮޕަރ ޑްރެޖަރ އޮރަންޖީ ވަނީ ރާއްޖެ ގެނެސްފައެވެ.

ދިއްދޫ އެއާޕޯޓު ތަރައްޤީކުރުމަށް ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން 102.73 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް އެމްއޭސީއެލްއިން ހާމަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450