Ads by Stelco

ޚަބަރު

އެމް.އެން.ޔޫ އަދި އެން.އައި.ސީ އާއި ދެމެދު ދިރާސާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމް.އެން.ޔޫ އަދި އެން.އައި.ސީ އާއި ދެމެދު ދިރާސާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

04 ޖެނުއަރީ 2026، 08:11

04 ޖެނުއަރީ 2026، 08:11

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެން.އައި.ސީ) އާއި ދެމެދު ދިރާސާކުރުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ، ޑރ.އާއިޝަތު ޝެހެނާޒް އާދަމެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ އެ ކޮމިޝަނުގެ ރައީސް، ޝުއައިބު އަބްދުއްރަހްމާނެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދިރާސާކުރުމަށް ޚާއްޞަކުރެވިގެން ސޮއިކުރެވޭ މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ޢިލްމީ ހެކިތެކުގެ ޢަލީގައި ޢަމަލީގޮތުން މަސައްކަތްތައްކުރުމާއެކު، މުއައްސަސާތަކުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން، ދާއިރާއާއި ގުޅޭ މަޢޫލޫމާތު މުއްސަނދިކުރުން ކަމަށެވެ. އެގޮތުން، މި އެއްބަސްވުމުގެ ދަށުން ތަފާތު ރިސަރޗް ޕްރޮގްރާމްތަކާއި، އޮން-ދަ-ޖޮބް ޓްރެއިނިންގ، ސެމިނާ، ވޯކްޝޮޕްތަކުގެ ފުރުޞަތުތައް ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

މީގެ އިތުރުން، މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ގިނަ ޢަދަދެއްގެ ޒުވާނުންނަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތަތައް އިތުރުވެގެންދާނެކަން އެ ވުޒާރާއިން ފާހަގަކުރައްވައެވެ. އަދި ދިރާސާގެ އަލީގައި ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކުން އަރައިގަނެ، ދިވެހިރާއްޖޭގެ މުސްތަޤްބަލު ބިނާކުރުމުގެ މަގު ފަހިވެގެންދާނެކަމަށް ވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450