Ads by Stelco

ޚަބަރު

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީ އިން ދިވެއްސަކާއި ބިދޭސީއަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޅުދުއްފުށި ސިޓީ އިން ދިވެއްސަކާއި ބިދޭސީއަކު ހައްޔަރުކޮށްފި

މި މައްސަލައިގައި ހައްޔަރުކުރި 2 މީހުން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

05 ޖެނުއަރީ 2026، 04:19

05 ޖެނުއަރީ 2026، 04:19

މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކުޅުދުއްފުށި ސިޓީ އިން ދިވެއްސަކާއި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ  ހދ. ނޮޅިވަރަން / މުރިނގު، އަޙްމަދު ޢަބްދުއްރައްޒާޤު (35އ) އާއި ހޮސައިން ރިއާޒް، ބަންގްލަދޭޝް (28އ) އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ދެމީހުންގެ ތެރެއިން އަޙްމަދު ޢަބްދުއްރައްޒާޤު ހައްޔަރުކޮށްފައިވަނީ މި ޖަނަވަރީ މަހުގެ 3 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީ މަގުމަތިން ކަމަށެވެ. އެގޮތުން،  މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވިގެން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 4 ރަބަރުކޮޅު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން، ހޮސައިން ރިއާޒް ވެސް ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށި މަގުމަތިން ކަމަށާއި، މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތުކުރެވިގެން މި ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުކޮޅެއް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އެ މީީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ޢަބްދުއްރައްޒާޤު 15 ދުވަހަށް އަދި ހޮސައިން ރިއާޒް 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީގުކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450