Ads by Stelco

ޚަބަރު

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ސަނީ ޢުމަރުގެ ހާޒިރުގައި މާލޭގެ ގެއެއް ބަލައިފާސްކޮށްފި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ސަނީ ޢުމަރުގެ ހާޒިރުގައި މާލޭގެ ގެއެއް ބަލައިފާސްކޮށްފި

ސަނީ ޢުމަރު އެގެއިން ނެރުނު ވަޤުތު/ފޮޓޯ: ވަގުތު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

05 ޖެނުއަރީ 2026، 06:12

05 ޖެނުއަރީ 2026، 06:12

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ، "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް"ގެ އިސްފަރާތެއް ކަމުގައިވާ ސަނީ ޢުމަރުގެ ހާޒިރުގައި މާލޭގެ ގެއެއް ބަލައިފާސްކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާތަކަށް ހިއްސާކުރި މެސެޖެއްގައި ވިދާޅުވީ، ސަނީ ޢުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، އޭނާގެ ހާޒިރުގައި މާލޭގެ ގެއެއް މިއަދު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

ސަނީ ޢުމަރުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް މިހިނގާ ޖަނަވަރީ މަހުގެ 2 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން، ޝަރީޢަތުން ގޮތެއް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވަނީ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ފުލުހުން މިއަދު ވިދާޅުވީ، ސަނީ ޢުމަރު އަދިވެސް ހުރީ ފުލުހުންގެ ބަންދުގައި ކަމަށެވެ.

ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމުގައި ވެސް އިސްކޮށް އުޅުނު ސަނީ ޢުމަރަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަ ފުލުސް އޮފީހަށް ހުށަހެޅީ، އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ އެއް ކުއްޖެއްގެ އާއިލާގެ ފަރާތުންނެވެ. ސަނީ ޢުމަރުގެ މައްސަލައާ ގުޅުވައިގެން، ދަ ޓްރެވެލް ގައިސް އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ތުހުމަތުތަކާ ގުޅިގެން އޭނާގެ ހިއްސާ އަތުލަން އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށާއި ހިއްސާ އަތުލި ނަމަވެސް އެހެން ފަރާތަކަށް ވިއްކާލާފައި ނުވާނެ ކަމަށެވެ.

މިއަދު ފުލުހުންގެ ހާޒިރުގައި ސަނީ ޢުމަރު ހ. އަނދުންގެއަށް ގެންގޮސް، އެގޭގެ އެޕާޓްމަންޓެއް ފާސްކޮށްފައިވާއިރު، މިކަމާއި ގުޅިގެން އެގޭގައި ދިރިއުޅޭ މީހުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450
މ

މުހައްމަދު

05/01/2026 21:05

ރަގަޅު ތިކަހަލަ މީހުންނަސްވީ ގާނުނުގައިވާއެންމެ ހަރުކަށި އަދަބުދޭން ތިކަހަލަމީހުންނާހެދި ޅަކުދިން ހަލަކުވަނީ އެކުދިން ފިރާވަރައްއަރާއިރު އިންނާނެ މީހަކުނުވާނެ މީޖެހިފަވާއާފާތެއް