Ads by Stelco

ޚަބަރު

މުދަލުގެ އަގު ކަނޑައެޅުމުގެ ހަރުދަނާ އުޞޫލުތަކެއް މޯލްޑިވްސް ކަސްޓަމްސް އިން ޤާއިމްކޮށްފި

މުދަލުގެ އަގު ކަނޑައެޅުމުގެ ހަރުދަނާ އުޞޫލުތަކެއް މޯލްޑިވްސް ކަސްޓަމްސް އިން ޤާއިމްކޮށްފި

މުދާ/ފޮޓޯ: ސަން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

05 ޖެނުއަރީ 2026، 06:13

05 ޖެނުއަރީ 2026، 06:13

މުދަލުގެ އަގު ކަނޑައެޅުމުގެ ހަރުދަނާ އުޞޫލުތަކެއް މޯލްޑިވްސް ކަސްޓަމްސް އިން ޤާއިމްކޮށްފިއެވެ.

ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ހަރުދަނާކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވުމަށް މިދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ކަސްޓަމްސްއަށް ވެރިފައިބަލް ލިޔެކިޔުމާއެކު އިންވޮއިސްގެ އަގު ފާސްކުރުމަށް ހުށަހަޅާ އަގަށް ވުރެ ބޮޑު އަގެއް ކަނޑައަޅާ މައްސަލަ ޙައްލުކޮށްދެއްވުމަށް އެދި ވިޔަފާރިވެރިން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވުމާ ގުޅިގެން އެކަން ޙައްލުކުރުމުގެ މަސައްކަތް ކަސްޓަމްސް އިން އަންނަނީ ކުރަމުންނެވެ.

އެގޮތުން، ކަސްޓަމްސްގެ ޤާނޫނުގެ 63 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ "އެގްރީމަންޓް އޮން އިމްޕްލިމެންޓޭޝަން އޮފް އާޓިކަލް VII އޮފް ދަ ޖެނެރަލް އެގްރީމަންޓް އޮން ޓެރިފްސް އެންޑް ޓްރޭޑް 1994" އާ އެއްގޮތްވާ ގޮތުގެ މަތިން، މުދަލެއްގެ ކަސްޓަމްސްގެ އަގު ކަނޑައެޅުމުގައި އަސާސީ އުޞޫލު ކަމަށް ބަލާނީ، އެ މުދަލެއްގެ މުޢާމަލާތުގެ އަގު ނުވަތަ "ޓްރާންސެކްޝަން ވެލިއު"އަށް ބަލައިގެންކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ. އެހެންކަމުން، ވެރިފައަބަލް ލިޔެކިޔުމާއެކު މުދަލުގެ އަގު ކަނޑައެޅުމަށް ކަސްޓަމްސްއަށް ހުށަހެޅުމުން އެ އަގު ޤަބޫލުކުރެވޭނެއެވެ.

މީގެ އިތުރުން، ވެރިފައަބަލް ލިޔެކިޔުން ހުށަހަޅާފައި ނުވާނަމަ އެގްރީމަންޓަށް ރިޔާއަތްކޮށް ކަސްޓަމްސްއަށް ހުށަހެޅި އަގު 25 އިންސައްތައަށް ވުރެ ބޮޑުކުރަން ޖެހިއްޖެނަމަ، ވެރިފަރާތުން ރިކުއެސްޓް ނުކުރި ނަމަވެސް އެ މުދަލާ ގުޅޭގޮތުން ކަސްޓަމްސްއިން އިތުރު ބެލުންތައް ބަލާނެއެވެ. އަދި ވެރިފިކޭޝަން ހެދުމުގެ އިތުރު މަރުޙަލާއެއް ކުރިއަށް ގެންގޮސް، އަގު ރިވިއު ކުރެވޭނެ ހަރުދަނާ ޕްރޮސެސްއެއް މި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޤާއިމުކޮށްފައިވާކަމަށް ވިދާޅުވެފައިވެއެވެ.

ކަސްޓަމްސްއިން ވިދާޅުވީ، ބަދަލުކުރާ އަގު، ހުށަހެޅި އަގުގެ 25 އިންސައްތަ ކުޑަނަމަ، މިހާރުވެސް ޢަމަލުކުރާ އުސޫލުން 3 މަރުޙަލާއެއްގައި، އެ އަގު ރިވިއުކޮށްދިނުމަށް ރިކުއެސްޓް ކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450