ޚަބަރު
ބ.އަތޮޅުން މ.އަތޮޅަށް ހުދު ސަމާލުނެރެފި!
މާލެއަށް ބޯކޮށް ވާރޭ ވެހުނު ދުވަހެއްގައި މާލޭގެ މަގުމަތި. ފޮޓޯ:ވޮއިސް
ހުލާސާ
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ބ.އަތޮޅުން މ.އަތޮޅަށް ހުދު ސަމާލުނެރެފިއެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިއަދުގެ މެންދުރުގެ 13:00 އިން ފެށިންގެ 18:00 އަށް ބ.އަތޮޅުން މ.އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
Alert White for heavy rain and thunderstorms. pic.twitter.com/pEpbyeeDhp
— Maldives Meteorology (@MetMaldives) August 31, 2024
ރޭގެ ފަތިހު ހއ.އަތޮޅުން ބ.އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލުނެރެފައިވެއެެވެ.
އެގޮތުން ބޯކޮށް ވާރޭވެހުމާއި އެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އެ ހުދުސަމާލު ނެރެފައިވަނީ ރޭގެ ފަތިހު 5:15 އިން މިއަދު ހެނދުނުގެ 10:15 އަށެވެ.