Ads by Stelco

ޚަބަރު

ރޭގެ އަލިފާނުގެ ޙާދިސާއާ ގުޅިގެން ޢާއިލާއަކަށް ވަޤުތީ އެހީތެރިކަން ފޯރުކޮށްދީފި

ރޭގެ އަލިފާނުގެ ޙާދިސާއާ ގުޅިގެން ޢާއިލާއަކަށް ވަޤުތީ އެހީތެރިކަން ފޯރުކޮށްދީފި

އަލިފާން ނިއްވުމުގައި ޙަރަކާތްތެރިވަނީ/ފޮޓޯ: އެމްޑީއެމްއޭ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 ޖެނުއަރީ 2026، 04:48

06 ޖެނުއަރީ 2026، 04:48

ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން، ޢާއިލާއަކަށް ވަގުތީ އެހީ ފޯރުކޮށްދީފަވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭ އިން ވިދާޅުވެއްޖެއެވެ.

ސައިރިކްސް ކޮލެޖު ކައިރީ ހުރި ‏ގ. ވިންޓަރ ހައުސް 3ގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔާރ އެންޑް ރެސްކިޔު ސާވިސްއަށް ލިބިފައި ވަނީ ރޭ 23:22 ހާއިރުއެވެ. މި ޙާދިސާގެ މަޢުލޫމާތު ލިބުމާ އެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަޙައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން އިމާރާތުގައި ރޯވެފައި ހުރި އަލިފާން ކޮންޓްރޯލް ކުރެވުނީ ރޭ 23:56 ހާއިރުއެވެ. 

މިކަމާއި ގުޅިގެން އެންޑީއެމްއޭއިން ވިދާޅުވީ، އެހީތެރިކަން ފޯރުކޮށްދީފައި ވަނީ، އަލިފާން ރޯވި އިމާރާތާއި އިންވެގެން ހުރި ގޭގެ އެޕަރޓްމަންޓެއްގެ ފެން ހޮޅިއަކަށް ގެއްލުންވެގެން އެގެއިން ފެނުގެ ޚިދުމަތް ކެނޑިފައިވާތީ ކަމަށެވެ. އެގޮތުން، އެ އެޕަރޓްމަންޓްގައި ދިރިއުޅެމުންދިޔަ 2 މީހުންނަށް ރެއިން ފަށިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށާއި، ފެނުގެ ނިޒާމަށް ލިބުނު ގެއްލުން ދެނެގަނެ އެކަން ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް އެންޑީއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

މި ހާދިސާއާއި ގުޅިގެން އެއްވެސް މީހަކަށްވެސް އަދި އިތުރު ބޮޑު ގެއްލުމެއްވެސް ނުވާކަމަށް އެންޑީއެމްއޭއިން ވިދާޅުވެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450