Ads by Stelco

ޚަބަރު

އިިޖުތިމާޢީ ވުޒާރާއިން ކުރިއަށް ގެންދިޔަ އޮންލައިން ސައިންލެންގުއޭޖް ކޯހުގައި 600 މީހުން ތަމްރީނުވެއްޖެ

އިިޖުތިމާޢީ ވުޒާރާއިން ކުރިއަށް ގެންދިޔަ އޮންލައިން ސައިންލެންގުއޭޖް ކޯހުގައި 600 މީހުން ތަމްރީނުވެއްޖެ

ސައިންލެންގުއޭޖް/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 ޖެނުއަރީ 2026، 04:50

06 ޖެނުއަރީ 2026، 04:50

އިިޖުތިމާޢި ވުޒާރާއިން ކުރިއަށް ގެންދިޔަ އޮންލައިން ސައިންލެންގުއޭޖް ކޯހުގައި 600 މީހުން ބައިވެރިވެ ތަމްރީން ފުރިހަމަކޮށްފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ތަންތަނަށް ގޮސް ޚިދުމަތް ހޯދުގައި ލިބޭ ދަތިތަކަށް ޙައްލެއް ހޯދައިދިނުމުގެ ގޮތުން، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ އަދި މޯލްޑިވްސް ޕޮލިޓެކްނިކްއިން ދަނީ ސަރޓިފައިޑް ޓްރެއިނިންގ ތަކެއް ހިންގަމުންނެވެ.

އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމަޢުގެ އެހެން މީހުންނެކޭވެސް އެއްގޮތަށް ކަންކަމުގައި ޝާމިލުވެ އުޅޭ، އަދި ޚިދުމަތް ހޯދުމުގައި ވެސް އެ ފަރާތްތަކަށް ފަސޭހަކަން ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ތެރޭގައި ހިމެނޭ މުހިންމު އެއް ބައެވެ. 

އެމަނިކުފާނުގެ އެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން، އަޑުއިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް މުޢާމަލާތުކުރުމަށް ބޭނުންކުރާ ސައިން ލޭންގުއޭޖް ވީހާވެސް ގިނަ ބަޔަކަށް ދަސްކޮށްދިނުމާއި، ސައިން ލޭންގުއޭޖުން މުޢާމަލާތުކުރުމަކީ އަހުލުވެރި ކަމަކަށް ހެދުމުގެ އަމާޒުގައި އިިޖުތިމާޢި އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450