ޚަބަރު
ފުލުހުންގެ ވެލްފެއަރ އެލަވަންސަކަށް އެއްވެސް އުނިކަމެއް ނާންނާނެ: ޝިފާން
ފުލުސް އޮފިސަރުންތަކެއް ހުޅުމާލެ ފޭސް ދޭއްގައި. ފޮޓޯ: ފުލުހުން
ފުލުހުންގެ މެޑިކަލް ވެލްފެއަރ އެލަވަންސަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމަށް އޭސީޕީ އަޙްމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ޝިފާން މިހެން ވިދާޅުވީ އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައެވެ.
ފުލުހުންގެ މެޑިކަލް ވެލްފެއާ ސްކީމް ރިވިއު ކުރަނީ އިސްރާފު ކުޑަކުރަން ކަމަށާއި އެކަމާއި ގުޅިގެން، މިހާރު ލިބޭ އެއްވެސް އެލަވަންސަކަށް އުނިކަމެއް ބަދަލެއް ނާންނާނެ ކަމަށް ޝިފާން ވިދާޅުވެފައިވެއެވެ.
ޝިފާން މިފަދަ ޕޯސްޓެއް އެކްސްގައި ކުރައްވައިފައިމިވަނީ ސިފައިންނާއި ފުލުހުންގެ މެޑިކަލް ވެލްފެއާ ސްކީމްގެ ބަދަލުގައި ޕްރައިވެޓް އިންޝުއަރެންސް ނިޒާމަކަށް ބަދަލު ކުރަން ސަރުކާރުން ނިންމުމާއި ގުޅިގެނެވެ.
ޝިފާން ވިދާޅުވީ، ފުލުހުންނަށް ދެމުން އަންނަ މެޑިކަލް ސްކީމްގެ އިސްރާފު ވީ އެންމެ ބޮޑަކަށް ކުޑަކުރުމަށްޓަކައި އެ ސްކީމް ރިވިއު ކުރާނެ ކަމަށެވެ. އަދި އެމަސައްކަތުގެ ތެރެއިން ފުލުހުންނަށް މިހާރު ދެމުން އަންނަ އެއްވެސް އެލަވަންސަކަށް އުނިކަމެއް ގެނައުމުގެ ވިސްނުމެއް ފުލުހުންގެ ލީޑަރުޝިޕުން ނުގެންގުޅޭ ކަމަށް ޝިފާން ވިދާޅުވިއެވެ.
Police medical scheme will undergo a comprehensive review to reduce waste and enhance efficiency. While the current leadership of the Maldives Police Service has no plans to remove any allowances, the scheme will be restructured to ensure accountability and effectiveness,… https://t.co/OzxRSxk3EC
— Ahmed Shifan (@Shifan4040) November 12, 2024
މާލީ ވުޒާރާއިން އާންމުކޮށްފައިވާ ދައުލަތުގެ ބަޖެޓު ޕޮޒިޝަން ރިޕޯޓުގައިވާ ގޮތުން ސިފައިންނާއި، ފުލުހުންގެ އާއިލާތަކަށް މެޑިކަލް ވެލްފެއާގެ ސްކީމް އޮތް ނަމަވެސް އެކަމަށް ބޮޑު ހޭދައެއް ކުރެއެވެ. އަދި އެކަން ކޮންޓްރޯލް ކުރަން ނިންމާފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
އެގޮތުން މި ނިންމުން ނިންމާފައިވަނީ ސިފައިންނާއި ފުލުހުންގެ އާއިލާތަކަށް މެޑިކަލް ވެލްފެއާ ސްކީމުން ބޮޑު ހަރަދެއް ހިނގާތީ ކަމަށް އެ ވުޒާރާގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.